މޫސުމަށް އިތުރަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފި

20180816_110435-1.jpg

ރާއްޖެއަށް މިހާރު ކުރަމުން ދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން އިތުރަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންގަވައިފިއެވެ.

އެގޮތުން އެ އިދާރާއިން މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ނެރުނު ވައިޓް އެލާޓްގެ ދަރަޖަ މަތިކޮށް ޔެލޯ އެލާޓަށް މިހާރުވަނީ ވަނީ ބަދަލުކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ.އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. މި އެލާޓް ނެރުނު ސަރަހައްދުތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 30 މޭލާއި 40 މޭލާއި ދެމެދުގައި ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 16:30 އާއި ހަމައަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ޔެލޯ އެލާޓް ނެެރެފައި ނުވާ ސަރަހައްދު ތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ. މިހެންވެ ކަނޑުދަތުރުކުރައްވާ ފަރާތްތަކުންވެސް  މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top