އޭދަފުށީ ކައުންސިލަށް ވަރަށް ސަލާން.

DSC_00321.jpg

އޭދަފުށީ ކައުންސިލް

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރުގެ އިތުރުން ދީލަތިކަމުގެ މައްސަރުވެސްމެއެވެ. ރައްޔިތުންނަށް ހެޔޮ ފޯރުވައިދިނުމާއި ދީލަތިކަމުގެ އަތް ވަކިމިނެއް އިމެއްނެތި ދިއްކޮށްލުމަށް އަހަރުގެ ތެރޭގައި ލިބޭ ރަނުގެ ފުރުސަތެވެ. މިފުރުސަތުގެ ބޭނުން ދަރުމަވެރި ގޮތުގައި ހިފައިގެން ރަށު ކައުންސިލްތަކުން ރައްޔިތުންނަށް ބޮޑެތި އެހީތަކެއް ވެދެއްވަމުން އެބަގެންދަވާވެސް މެއެވެ.

މިފަދަ ކަންކަމަކީ ރައްޔިތުންނާއި ރައްޔިތުންގެ ބެލެނިވެރިފަރާތްކަމުގައިވާ ކައުންސިލްތަކާދެމެދު ނިކަން ގާތް ގުޅުމެއް އުފެދިގެންދާނެކަމެއްކަމުގައި ފޮތްތެރިން ލިޔެފައި ހުންނާތީ ފެނެއެވެ.

ރަށު ކައުންސިލްތަކުން ދައްކަމުންއަންނަ މި ދީލަތިކަން މިއަހަރު ތަންކޮޅެއް ބޮޑުކަމަށް ފެނެއެވެ. ރަމަޟާން މަސް ފެށިގެން ކުރިއަށް ދާއިރު އަދިވެސް އެހީތެރިކަމުގެ މި ސިލްސިލާ ދެމިގެން ކުރިއަށް އެބަދެއެވެ. އެހެންނަމަވެސް ހުރިހާ ކަމެއްގައި ނަމޫނާ ދައްކަމުން އަންނަ އޭދަފުށީ ކައުންސިލް އަދި ވެސް އޮތީ ހިމޭނުންނެވެ. އެންމެ ކުޑަމިނުން ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުންތަކާއެކު ނަސޭހަތުގެ ބަހެއްވެސް ބުނެލާ އަޑެއް ނީވެއެވެ.

ހޮޅުއަށިތަކާ ހޮޓާ ހޮޓަލުން އަދި ސިޔާސީ މައިދާން ތަކުން އިވޭ އަޑުތަކަށް ބަލާއިރު އުންމީދު ކުރެވެނީ އޭދަފުށީ ކައުންސިލުންވެސް ރައްޔިތުންގެ ޖީބަށް ލުއިވާނެ ކޮންމެވެސް ކަމެއް ކޮށްދެއްވާނެކަމުގައެވެ. އެއީ ދުރު ރަށްރަށުން ފެށިގެން އެންމެ ކައިރި ރަށްރަށުގެ ކައުންސިލްތަކުންވެސް ރައްޔިތުންނަށް އެހީތަކެއް ވެދެއްވަމުން ގެންދަވާފައިވާއިރު އޭދަފުށި ކައުންސިލް ވަކިން ހުނި ޖެހިފައި އޮންނަން ބޭނުންވާނެކަމަށް ނުފެންނާތީއެވެ. އެއީ އެހެން ބައެއް ރަށްރަށެކޭ އެއްފަދައިން ކަރަންޓުބިލުން ބައެއް ދެއްކުން ކަމުގައިވިޔަސް ނުވަތަ ތަކެތީގެ ގޮތުން އެހީއެއް ވެދިނުން ކަމުގައިވިޔަސް ކޮންމެ ކަމެއްވެސް ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނާނެއެވެ.

ފަހަރުގައި މި އެހީ ލަސްވެގެން މިދަނީ ފަހުން ޖަހާރާޅު ބޮޑުވާނެއޭ ފަހުމާލޫދު މޮޅުވާނެއޭ ބުނާހެން ބޮޑު އެއްޗެއް އަހަރުމެން ރައްޔިތުންނަށް ދޭން ނުބަތަ ބޮޑުކަމެއް ކޮށްދޭން ކައުންސިލުން ނިންމަނީކަމަށް ވެދާނެދޯއެވެ. އެނގޭކަމަކީ ފައިސާގެގޮތުން ބަލާއިރު އެކައުންޓުގައި ނިސްބަތުން އެންމެ ގިނަ ފައިސާ ހުރި ރަށު ކައުންސިލަކީ އޭދަފުށި ކައުންސިލް ކަމެވެ.

އަދި ދަންނަވަންތޯއެވެ. މިއީ ތިޔަބޭފުޅުން ކައުންސިލްގައި ތިއްބަވައިގެން ހޭދަކުރާ ފަހު ރޯދަމަސް ކަމަށްވީތީ  ރީތިނަމަކާ އެކު ދައުރު ނިންމާލުން ކިހިނެއް ވާނެތޯއެވެ. ވަރަށް ސަލާމެވެ.

ނޯޓް: މިއީ އޭދަފުށީ ވޮއިސްގެ ކިއުންތެރިއަކު ފޮނުއްވާފައިވާ ލިއުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top