މަތީ ދަރަޖަ ހޯދި ފަރާތްތަކުގެ ތެރޭގައި އޭދަފުށީގެ ހަތަރުބޭފުޅުން

97534_6ee48f20-c_.jpg

އޭދަފުށި ޖަންބުމާގޭ މުހައްމަދު މުސްތަފާ އިނާމު ދިނުމުގެ ޖަލްސާގައި - ފޮޓޯ : ރައީސް އޮފީސް.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖެއަށް ރީތި ނަމާ މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު މިއަހަރު އޭދަފުށީގެ ހަތަރު ބޭފުޅުން ހޯދައިފިއެވެ. ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. ރޭ ދަރުބާރުގޭގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި މެޑެއްޔާއި ހަނދާނީ ލިއުން ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވިބޭފުޅުންގެ ގިންތީގައި ހިމެނި ގެން ރައީސުްޖުމްރިއްޔާ ދެއްވާ ޚާއްސަ އިނާމު އޭދަފުށިން ލިބިފައިވަނީ އޭދަފުށީ ފުނަދޫގެ ޝާހިދާ ޢަބްދުލްޣަފޫރު އާއި ރޯޝަނީގޭ ޙަސަން ނަޞީޙު އާއި އަތިރީގެ ޢާއިޝަތު ޢަޒުމާއަށެވެ.

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންގެ ތެރޭގައި އޭދަފުށީ ޖަންބުމާގެއާގެ އަލްޙާފިޡު މުޙައްމަދު މުޞްޠަފާ އެވެ.

ޝާހިދާ އަބްދުލް ޣަފޫރުވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން 2015 ވަނަ އަހަރު ބެޗެލާ އޮފް އާޓްސް ޓީޗިން އިންގްލިސް އޭސް އަ ފޮރިން ލޭންގުއޭޖް ކޯސް ފުރިހަމަކުރައްވައި އެ ކޯހުން އެއްވަނަ ހޯއްދަވާފައެވެ. އޭނާ މިހާރު ހުންނެވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ސެކަންޑްރީ އިންގްލިސް ޓީޗަރުގެ މަގާމުގައެވެ.

ހަސަން ނަސީހު އަކީ ވިލާ ކޮލެޖުން 2016 ވަނަ އަހަރު މެލޭޝިޔާގެ އޯޕަން ޔުނިވަސިޓީގެ ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތް އޮނާސް ކޯސް ފުރިހަމަ ކުރައްވައި އެ ކޯހުން އެއްވަނަ ހޯއްދަވާފައެވެ. މިހާރު ހުނުނެވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެކައުންޓިން ޓީޗަރެއްގެ މަގާމުގައެވެ.

އައިޝަތު އަޒުމާ ވަނީ ތުރުކީގެ އަބާން އިޒެޓް ބައިސަލް ޔުނިވަސިޓީން 2016 ވަނަ އަހަރު ބެޗެލާ އޮފް ސައިންސް އިން ބައިލޮޖީން ވިތު އޮނާސް ކޯސް ފުރިހަމަކުރައްވައި އެ ކޯހުން އެއްވަނަ ހާސިލުކުރައްވާފައެވެ.

އޭދަފުށި ފިޔަވައި ބ.މާޅޮހު ހަވޭލި ހަނާ މުހައްމަދު ސައީދު ވެސް ވަނީ ރައީސް ދެއްވާ ހާއްސަ އިނާމު ހާސިލުކުރައްވާފައެވެ. އޭނާވަނީ ގައުމީ ޔުނިވަސިޓީން 2015 ވަނަ އަހަރު ބެޗެލާ އޮފް ޓީޗިން އިސްލާމު ވިތް އޮނާސް ކޯސް ފުރިހަމަ ކުރައްވައި އެކޯހުން އެއްވަނަ ހޯދާފައެވެ.

މި ބޭފުޅުންނަށް އޭދަފުށީ ވޮއިސްގެ ފަރާތުން ތަހުނިޔާ ކިޔަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top