ފޮޓޯއިން ހަބަރު: ރާބިޔާއަށް މާޅޮހުން “ފިޔާތޮށި” މަރުހަބާއެއް ކިޔައިފި

21-1.jpg

ބ. މާޅޮސް (12 ނޮވެމްބަރ 2017) :- އަންހެނުންގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ރޭ ލިބުނު ބ. މާޅޮހު ފެންފިޔާޒުގޭ ރާބިޔާ ހުސައިން އަށް އެރަށުން “ފިޔާތޮށި” ކުލައިގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ގައުމީ އިނާމާއެކު ރަބިޔާ މިއަދު މާޅޮހަށް ދިޔައީ މެންދުރުގެ ވަގުތެއްގައެވެ. އެވަގުތު ރަށުގެ ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިއުމަށް ބަނދަރަށް އެއްވެފައި ތިބިއިރު، މުޅި ސަރަހައްދު އޮތީ ފިޔާތޮށިކުލައިން ޒީނަތްތެރިކޮށް ދިދަދަމާފައެވެ.

މާޅޮހުން އީވީއާ ވާހަކަ ނައުޝާދު ބުނީ މިމަރުހަބާއަކީ ޕީޕީއެމް މާޅޮހު ގޮފިން ރާބިޔާއަށް ހާއްސަކޮށް ކީ މަރުހަބާއެއްކަމަށާ، ރަށުގެ ގިނަބަޔަކު މިކަމުގައި ބައިވެރިވެފައިވާތީ، ޝުކުރު އަދާކުރާކަމަށެވެ.

“މީ ހަމަ ސީދާ ޕީޕީއެމް މާޅޮހު ގޮފިން ރާބިޔައްތައަށްކީ މަރުހަބާއެއް. އަޅުގަނޑުމެން ވަރަށް ފަހުރުވެރިވޭ ރާބިޔައްތަގެ މި ކާމިޔާބަށް” ނައުޝާދު ބުންޏެވެ.

ރާބިޔާ ބުނީ މިވަރުގެ މަރުހަބާއެއް މާޅޮހުން ކިޔާނެކަމަށް އުއްމީދުނުކުރާ ކަމަށާ، ލިބުނީ “ސަޕްރައިޒެއް” ކަމަށެވެ.

ފޮޓޯތައް: ނައުޝާދު / ހާމީ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top