ކަފާލާތުގެ ދަށުން ސަލްމާން މިނިވަން ކޮށްފި

3732.jpg

ހިމާޔާތް ކޮށްފައިވާ ފުއްލާގެ ބާވަތެއް ޝިކާރަކުރުމުގެ ކުށް ސާބިތުވުމުގެ ސަބަބުން ފަސް އަހަރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބޮލީވުޑްގެ ބާއިޖާން ސަލްމާން ޚާން، ކަފާލާތުގެ ދަށުން މިއަދު މިނިވަން ކޮށްފިއެވެ.

މީގެ 20 އަހަރު ކުރިން ހިންްދީ ފިލްމް ހަމްސާތުސާތުހޭ ގެ ޝޫޓިންގ އިންޑިއާގެ ޖޯދުފޫރުގައި ކުރިއަށް ދިޔައިރު ހިނގާދިޔަ މިހާދިސާގެ ހުކުމް އިއްވާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.

ދެ ރޭ ޖަލުގައި ހޭދަކުރުމަށްފަހު ކަފާލާތުގެ ދަށުން ސަލްމާނު މިއަދު މެންދުރުފަހު މިނިވަން ވީއިރު ކަފާލާތުގެ ފައިސާގެ ގޮތުގައި 50،000 އިންޑިއާ ރުޕިސް އޭނައަށް ދައްކަން ޖެހުނެވެ.

ސަލްމާނުގެ މައްޗަށް ދައުވާކުރީ ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓުގެ 51 ވަނަ މާއްދާގެ ދަށުންނެވެ. އެ މައްސަލާގައި އެންމެ ބޮޑު އަދަބަކީ ހަ އަހަރުގެ ޖަލު ހުކުމެކެވެ.

މީގެ ކުރިން މި މައްސަލާގައި ސަލްމާންގެ މައްޗަށް އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ޖަނަވާރު ޝިކާރައަށް ގޮސް އެ ދެ ކަޅު ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ. އެހެންނަމަވެސް އެމައްސަލަ ވަނީ އޭނާއާ އެއްކޮޅަށް ނިމި އެކަމުން ސަލާމަތް ވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top