ބ.މާޅޮހު ނަރުދަމާގެ ޑިޒައިން މަސައްކަތް ބަޔަކާ ހަވާލުކޮށްފި

l_149259147718ohVl.jpg

ބ.މާޅޮހުގެ ނަރުދަމާގެ ނިޒާމުގެ ސާވޭ އަދި ޑިޒައިން ކުރުމަށް ޝާހް ޓެކްނިކަލް ކޮންސަލްޓަންސް ޕްރައިވެޓް ލިމިޓެޑް އާ މިއަދު ހަވާލު ކުރައްވައިފިއެވެ.  މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމްއެވެ. ޝާހް ޓެކްނިކަލް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ގޯތަމް މަހާވިރު ޝާހް އެވެ.

ބ.މާޅޮހުގެ އިތުރުން ހއ. މާރަންދޫ އާއި ހއ. މުރައިދޫ ނަރުދަމާ ނިޒާމުގެ ސާވޭ އަދި ޑިޒައިން ކުރުމަށް ވެސް މިކުންފުންޏާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ. މި ހަތަރުރަށުގެ މަސައްކަތް ހަމަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވަނީ ޖުމްލަ 878،000 ރުފިޔާއަށެވެ.

މި ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top