ފޮނި ކެކުރި – ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެއް

M-3070.jpg

ފޮނިކެކުރި ނުވަތަ މެލަން އަކީ ބޮޑުކެކުރި ނުވަތަ ކިއުކަމްބާ އާއިލާއަށް ނިސްބަތްވާ މޭވާ އެކެވެ. މަޑު ފޮނިރަހައެއް ހުންނަ، ފޮނިކެކުރިއަކީ، މޭވާއެއްގެ ގޮތުގަޔާއި، ފަނި ގިރައިގެން، އަދި ވެސް ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށްގެން ބޭނުންކޮށްއުޅޭ މޭވާއެކެވެ. ފޮނިކެކުރީގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ފޮނިކެކުރި އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ކާނާގެ މާއްދާތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ފޮނިކެކުރިން ލިބޭ ޞިއްޙީ ފައިދާތައް ·

ވިޓަމިން ސީ ގިނައިން ހުރުން : ފޮނިކެކުރީގައި ޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ.

މިހެން ވުމުން :- ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.

ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.

ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.

ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ.

އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.

އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.

ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.

ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.

ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.

ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.

ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.

ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.

ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.

އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.

ލޮލުގެ ދުޅަހެޔޮކަން : ފޮނިކެކުރި އަކީ ވިޓަމިން އޭ އަދި ބީޓާ ކެރޮޓީން އިން މުއްސަދި މޭވާ އެކެވެ. މިއީ ލޮލުގެ ފެނުމާއި، ލޮލުގެ މަސައްކަތްތައް ދުޅަހެޔޮކަމާއެކު ބެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. ބީޓާ ކެރޮޓީން ވެސް ހަށިގަނޑަށް ނެގުމުން ވިޓަމިން އޭ އަށް ބަދަލުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އުމުރުގެ ޒުވާން ދުވަސްވަރު ފޮނިކެކުރި ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ލޯފުސްވުމާއި ލޮލަށް ނުފެނުމުގެ މައްސަލަ އިން ދުރުކޮށްދޭނެ ކަމެކެވެ. ވިޓަމިން އޭ އެންމެ ގިނައިން ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފޮނިކެކުރި ހިމެނެއެވެ.

މައުލޫމާތު: ސިއްހަތު ބްލޮގް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top