ނިހާންގެ މައްޗަށް 6 ދައުވާއެއް އުފުލައިފި

big_4Rdpy25d2sXDgZPSLugrCYHPw-1.jpg

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް ދައުވާކޮށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިއަދު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނިހާންގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

ނިހާނަށް ކުރި ދައުވާތަކުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުކަމާއި މާލިއްޔަތު ކޮމެޓީގެ މުގައްރިރުކުގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ބަދަލުގައި ރިޝްވަތަށް އެދި، ރިޝްވަތު އޭނާ ހޯދާފައިވާ ކަމަށެވެ. ރިޝްވަތުގެ ފައިސާ ނަގާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ކަމަށް ދައުވާގައިވެއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ނިހާންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ އެއްދުވަސް ކުރިން އޭނާގެ ޕާސްޕޯޓް ހިފެހެއްޓިއިރު، ކޯޓު އަމުރުގައި ވާގޮތުން ފުލުހުންވަނީ އޭނާ ރާއްޖެއިން ބޭރަށް ފިލައިގެން ދާން އުޅޭކަމަށް ތުހުމަތުކޮށްފައެވެ.

ޚިޔާނާތުގެ މައްސަލާގައި މީގެކުރިން ނިހާން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.

ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ ތިންް މީހެއްގެ މައްޗަށެވެ. އެއީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބައި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އިތުރުން ހިޔާނާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. މި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބުއަށްވެސް ވަނީ ދައުލަތާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top