ދަރަވަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރަނީ

Evening.jpg

ދަރަވަންދޫ ބަނދަރުމަތިި - ފޮޓޯ :ދަރަވަންްދޫ ފިއުލް ސަރވިސް

ގްރީން ކްލައިމެޓް ފަންޑު، ޖީސީއެފްގެ ހިލޭ އެހީގެ ދަށުން ބ.ދަރަވަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރން މިނިސްޓްރީން ބުނެފިއެވެ. ދަރަވަންދޫ އާއެކު އިތުރު ތިން ރަށެއްގައިވެސް މި ނިޒާމު ގާއިމްކުރެއެވެ.

މިނިސްޓްރީން ވިދާޅުވީ މި ރަށްތަކުގެ ފެނުގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ސުޕަރވައިޒް ކުރުމަށް ކޮންސަލްޓެންޓަކާއި ހަވާލުކުރެވިފައިވާކަމަށާއި  އެ ހަތަރު ރަށުގެ ޑިޒައިން މަސައްކަތް މި މަހު ނިންމައި، އަންނަ ސެޕްޓެމްބަރު މަހު މަސައްކަތް ކޮށްދޭނެ ފަރާތެއް އިއުލާނު ކުރާނެ ކަމުގައެވެ.

އެންވެރޮމެންޓް މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ގްރީން ކްލައިމެޓް ފަންޑު، ޖީސީއެފްގެ ހިލޭ އެހީގެ ދަށުން  ހަތަރު ރަށެއްގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ގާއިމްކޮށް ކުރުމަށް 23.6 މިިލިއަން ޑޮލަރު (363 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top