ދޮންފަނު އިންވިޓޭޝަން ކަޕް 2018 ،އޭދަފުށި ކާމިޔާބު ކޮށްްފި

48360880_575309426248415_2676007553053229056_n.jpg

ފޮޓޯ :ކްލަބް އޭދަފުށި

“ދޮންފަނު ޒުވާނުންގެ ރޫހު “ގެ ފަރާތުން އިންތިޒާމް ކޮށްގެން ބ.އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ދޮންފަނު އިންވިޓޭޝަން ކަޕް 2018 ފުުޓްބޯޅަ މުބާރާތް އޭދަފުށި ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކިހާދޫއާ ވާދަކޮށް އޭދަފުށި މޮޅުވެފައިވަނީ 2-0ގެެ ނަތީޖާއިންނެވެ.

އޭދަފުށީގެ ބައެއް ޒުވާނުންގެ ފޯރިއާ ސަޕޯޓަރުންގެ ތަރުހީބާއެކު ކުޅެމުން ދިޔަ މި މެޗްގެ ފުރަތަމަ ލަނޑު އޭދަފުއްޓަަށް ކާމިޔާބު ކޮށްދީފައިވަނީ މެޗްގެ ފުރަތަމަ މިނެޓުގައިގައި އިބްރާޙިމް ޝަރީފްއެވެ. ދެވަނަ ލަނޑަކީ ކިހާދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ޗެމްޕިއަން ޓީމަށް ތައްޓާ މެޑެލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ސޯޝަލް އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޖަޖުންގެ ޕެނަލުން ހޮވާފައިވަނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އޭދަފުށީ ޓީމްގެ ހަމްދާން އަބްދުއްސައްތާރެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ގޮއިދޫ ޓީމްގެ ޝިރުހާން އަލީއެވެ. އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ކިހާދޫ ޓީމްގެ ހުސެއިން އީމާނެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ  ކުޑަރިކިލު ފުޓްބޯޅަ ޓީމެވެ. ފެއަރ ޕްލޭ ކުޅުންތެރިއަކީ ދޮންފަނު ޓީމްގެ އަލީ ޝާއިން އެވެ.

މިމުބާރާތުގެ ފުރަތަމަ އަހަރު ޗެމްޕިއަން އަކީ ކިހާދޫއެވެ. ދެވަނަ އަހަރު ޗެމްޕިއަން ޓީމަކީ ބ.ގޮއިދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top