ތާޒާފެނުގެ އެޓޯލް އެޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑަބްލިއޫއެސްސީގައި މިއަދު ބޭއްވީ ބައްދަލުވުން. ފޮޓޯ:ސަން އޮންލައިން

އެމްޑަބްލިއޫއެސްސީގައި މިއަދު ބޭއްވީ ބައްދަލުވުން. ފޮޓޯ:ސަން އޮންލައިން

އައިލެންޑް ބެވަރޭޖް ކޮމްޕެނީއިން ވިއްކަމުންގެންދާ ތާޒާފެނުގެ އެޓޯލްއެޖެންޓުންނަށް ވުމުގެ ފުރުސަތު އެކޮމްޕެނީއިން ހުޅުވާލައިފިއެވެ.

އެމްޑަބްލިއޫއެސްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެތަނުގެ މެނޭޖިންގޑިރެކްޓަރ އިބްރާހީމް ފަޒީލް ވިދާޅުވީ “އެޓޯލް އެޖެންޓް” ގެ ނަމުގައި ހިންގާ މިޕްރޮގްރާމްގެ ބޭނުމަކީ އެޖެންްޓް މެދުވެރިކޮށް ހެޔޮއަގެއްގައި އަތޮޅުތެރޭގެ ރަށްރަށަށް ތާޒާފެން ފޯރުކޮށްދިނުންކަމުގައެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގެ ދަށުން އެޓޯލްއެޖެންޓުން މެދުވެރިވެގެން އެތަނުން ޚާއްސަ އަގެއްގައި ފެން ލިބޭނެކަމަށާއި އަތޮޅުތެރެއިން އެޖެންޓްކަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އެއްމަސްދުވަސްވަންދެން ދެމިއޮންނާނެ ކަމުގައި ވިދާޅުވިއެވެ.

އެޓޯލް އެޖެންޓުންނަށް ވިއްކާފެން އަގުހެޔޮވުމުގެ އިތުރަށް ގިނައިން ނަގާފަރާތްތަކަށް އަދި އެއަށް ވުރެވެސް ހެޔޮއަގެއްގައި ފެންވިއްކާނެކަމަށް ވިދާޅުވަމުން މިފުރުސަތުގެ ބޭނުން ހިފުމަށް ޒުވާނުންނަށް ގޮވާލެއްވިއެވެ. އެކަމަކު އެޖެންޓުންނަށް ވެވޭނީ މިހާރުވެސް ވިޔަފާރިކުރާ ފަރާތްތަކަށެވެ.

އައިލެންޑް ބެވަރޭޖް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ ވިދާޅުވިގޮތުގައި އެތަނުން ފެންވިއްކުމުގެ އިތުރުން މިކަމުގައި ކުރިއަށް ދިއުމަށް ފަންނީ ލަފާވެސް ދެއްވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top