ސޯނަމް ކަޕޫރުގެ ނޭނގޭކަންތައްް

sonam-kapoor-7597.jpg

ރީތިކަމާ ފަރިކަމުގެ ގޮތުން ބޮލީވުޑްގެ އެންމެކުރީގައި އުޅޭ ސޯނަމް ކަޕޫރަކީ މަޝްހޫރު ހިންދީ ފިލްމްސްޓާރ އަނިލްކަޕޫރުގެ ދަރިފުޅެވެ. އޭނާފާހަގަ ކުރެވިފައިވަނީ ވިސްނުންތޫނު އަދި އެކްޓްކުރުމުގައި ވަރަށް ހުނަރުވެރި ކުއްޖެއްގެ ގޮތުގައެވެ.

ސޯނަމްކަޕޫރު ފިލްމީ ދުނިޔެއަށް ތައާރަފްވީ 2007ގައި ރަންބީރުކަޕޫރާއެކު ކުޅުނު ފިލްމް ސާވަރިޔާއިންނެވެ. އޭގެ ފަހުން ނުކުތް ގިނަ ފިލަމްތަކަކީ ބޮލީވުޑްގައި މާކާމިޔާބު ފިލްމުތަކަކަށް ނުވިޔަސް އެފިލްމުތަކުގައި އޭނާ ހުށަހަޅާފައިވާ އެކްޓްކުރުމުގެ ހުނަރަށް އޭނާއަށްތައުރީފުތައް އޮހެމުން ދިޔައެވެ.

އޭނާގެ ނޭގޭ ކަންކަމަށް ބަލާއިރު އެންމެބޮޑަށް ފާހަގަކުރެވޭ އަށްކަމެއް ވެއެވެ.

ސޯނަމް ބުނާގޮތުގައި އޭނާ ބޮލީވުޑަށްވަނީ ތަށިދޮންނަ މީހެއްގެ ގޮތުގައެވެ. އެއީ އޭނާގެ ފުރަތަމަ ވަޒީފާކަމުގައިވެސް ވެދާނެކަމަށް ބުންޏެވެ.

ސޯނަމްއަކީ ފޮތް ކިއުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަކުއްޖެކެވެ. އޭނާގެ ޅައިރު އެންމެ ގިނައިން ކިޔާ އުޅުނީ ހާޑީބޯއީސް އާއި ނެންސީޑްރޫފަދަވާހަކަތަކެވެ.

ސޯނަމްގެ އެއްވެސް ރައްޓެއްސަކު އޭނާ ބޮލީވުޑަށް ވަންނާނެކަމަކަށް ހީއެއްނުކުރެއެވެ. އެއީ އޭނާ ގަސްދުކުރިކަމެއްވެސް ނޫނެވެ. އޭރު އޭނާއަކީ މިހާރުހުންނަކަހަލަ ލޫޅާފަތި ހަށިގަނޑަކާ ރީތި ސޯނަމް ކަޕޫރެއްނޫނެވެ. އޭނާ ފުރަތަމަ ރައްޓެހިވެގެން އުޅުނު ކުއްޖާއާ ރުޅިވާންޖެހުނީވެސް އޭނާގެ ބަރުދަނާބެހޭގޮތުން ހިތްހަމަނުޖެހޭ ވާހަކައެއް ބުނުމުންނެވެ.

Sonam-fat

ސޯނަމް އެކްޓްރެސްއަކަށްވުމަށް އުއްމީދެއްނުކުރެއެވެ. އެހެންނަމަވެސް ސާވަރިޔާ ކުޅުމަށް އެފިލްމްގެ ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީ ދޮޅުއަހަރުދުވަސްވަންދެން އޭނާގާތު އެދުމުން އެންމެފަހުން އާއެކޭ ބުނީއެވެ.

ސޯނަމް ބުނަނީ ފިލްމްސްޓާރަކާ ކައިވެނި ކުރަން ބޭނުންނުވާކަމުގައެވެ. އޭނާ ބޭނުންވަނީ އެކްޓްރެއް ނޫންމީހެކެވެ. އޭރުން އޭނާއާއެކު ގިނަ ވަގުތު ހޭދަކުރެވި އެކަކު އަނެކަކާއެކު މަޖާކޮށް އުޅެވޭނެ ވަގުތު ގިނައިން ލިބޭނެތީއެވެ.

ސޯނަމް ދަންނަ ހުރިހާ އެންމެންނަށްވެސް އެނގެނީ އޭނާއަކީ އަނިލްކަޕޫރުގެ ދަރިއެއްކަމެވެ. ދެން އަރްޖުން ކަޕޫރުއާ އޭނާއާ ދެބެއިންގެ ދެދަރިކަމެވެ. އެކަމަކު ރަންވީރްސިންގއަކީ ވެސް ސޯނަމްގެ ކަޒިންއެކެވެ. އެއީ މަންމަފަރާތުންނެވެ.

Sonam-Arjun-Ranveer

ކޮންމެވެސް ދުވަހަކުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނެކަމަށް ސޯނަމް ބުނެއެވެ.

ސޯނަމްގެ ގާތް ރަހްމަތްތެރިންގެގޮތުގައި ފިލްމީ ދާއިރާއިން ހިމެނެނީ ކަރީނާ، އަސިން، ޖެކޯލިން ފެނާންޑޯ ، އިމްރާން ޚާން، ދަނޭޝް ، އަދި ފެޝަން ޑިޒައިނަރ ޝީލާޚާންއެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top