ލޯފަންކުދިންގެ ދުވުމުގެ މުބާރާތުގެ ރަންމެޑަލް އަފާޒް ދިފާއުކޮށްފި

jj.jpg

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަޤަކުރުމުގެ ގޮތުން ހދ ކުރިނބީ ކައުންސިލާއި ލޯފަންކުދިންގެ ޖަމްއިއްޔާ (ބީވީއައިއެސްއެމް) ގުޅިގެން ބޭއްވި ދުވުމުގެ މުބާރާތް މިދިޔަ އަހަރުގެ ޗެންޕިއަން އޭދަފުށީ އަންނާރުމާގޭ މުހައްމަދު އަފާޒް ދިފާއުކޮށްފިއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަޤަކުރުމުގެ ގޮތުން މިދިޔަ އަހަރު ފ. ފީއަލީގައި ބޭއްވި މުބާރާތްވެސް ކާމިޔާބުކުރީ އަފާޒެވެ. ހޮނިހިރު ދުވަހު ކުރިނބީގައި ބޭއްވި ދުވުމުގެ ރޭސް އަފާޒު ކާމިޔާބުކުރީ ލޯފަން 6 ބައިވެރިންނާ ވާދަކޮށެވެ.

15267924_1252083944852635_3542752421615856860_n

އާފާޒް އީވީ އާ ވާހަކަދައްކަމުން ބުނީ މުބާރާތް ޖެހިޖެހިގެން ދެވަނަ އަހަރު ކާމިޔާބުކުރެވުމުން ވަރަށް އުފާވާ ކަމަށާ، އަންނައަހަރުވެސް މިމުބާރާތް ކާމިޔާބުކުރުމަށް އުއްމީދުކުރާ ކަމުގައެވެ. މުހައްމަދު އަފާޒަކީ ލޯފަންކުދިންގެ ޖަމްއިއްޔާ އުފެދުނީއްސުރެ އެޖަމްއިއްޔާގެ އިސްމަގާމްތައްވެސް ފުރަމުން އަންނަ ފަރާތެކެވެ. މިވަގުތު އެޖަމްއިއްޔާގައި އޭނާ އަދާކުރަނީ ހަޒާންދާރެއްގެ މަގާމެވެ.

އީވީގެ ފަރާތުން މުހައްމަދު އަފާޒާށް ތަހުނިޔާ ދަންނަވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top