މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ވަކުކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް

lVdba8CASw8iLMAs5d8YaoFa5Sq9sqReumEoJ0is.jpg
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްތަކުގެ މެންބަރުން އިންތިޚާބުކުރުމަށްފަހު ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ލިބިދޭ ގޮތަށް ގާނޫނަށް މި އަހަރު އިސްލާހު ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫންވެރންގެ ބައްދަލުވުމުގައި މިއަހަރު ގާނޫނު އަސާސީ ގެންނަވަން ނިންމާފައިވާ ބަދަލުތަކުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންތިޚާބީ މަގާމުތަކުގައި ތިބި ހުރިހާ އެންމެން އެ ދާއިރާއެއްގެ ރައްޔިތުން ބޭނުން ވެއްޖެނަމަ އިތުބާރު ނެތްކަމަށް ބަލާ ވަކިކުރަން ރީކޯލް ވޯޓެއް ނަގަން ބަދަލު ގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ނަގާ ވޯޓުގައި އިންތިޚާބުކޮށްފައިވާ މީހެއްގެ އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ، މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ގާނޫނުތަކަށް ގެނައުމަށް ރައީސް ނިންމަވާފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާއި، ރިޔާސީ އިންތިޚާބު ދެވަނަ ބުރަކާ ނުލައި ބޭއްވޭނެ ގޮތަށް ބަދަލުކުރުން ހިމެނެއެވެ. އަދި ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު 11 ކަމަށް ކަނޑައެޅުމަށްވެސް ނިންމަވާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top