ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފި

370163_3_fd59d6d5fa148cac08e2f24db27a181ecb1d8120_large.jpg

ކުޑަކުއްޖެއްގެ ފުއްޕާމޭގައި ތާށިވެފައި އިން ކުޅޭ އެއްޗެއްގެ ބައެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ނަގައިފިއެވެ.

އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އެ އެތިކޮޅު ނެގީ ކުއްޖާގެ ފުއްޕާމޭގެ ކަނާތު ފަޅިންނެވެ.

މި ކަން ހިންގާފައިވަނީ ކުޅުމުގެ ތެރޭގައި ދެ ތުންފަތް ދޭތެރެއަށް އެ އެތިކޮޅު ލައިގެން އަޑުގޮއްވައި، އެ މަންޒަރު އޭނާގެ ކޮއްކޮއަށް ދައްކަން އުޅެނިކޮށް ނޭނގި ދިރުވައިލެވިގެންނެވެ.

ޑޮކްޓަރު ވިދާޅުވީ، އަނގަޔަށް އެފަދަ އެއްޗިހި ލައިގެން އުޅުމުގެ ތެރެއިން ނޭނގި ފުއްޕާމެއަށް އެއްޗެއް ގޮއްސައި ވާނަމަ، އޭގެ ސަބަބުން ފުއްޕާމޭ އިންފެކްޓް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެކަމުގެ ސަބަބުން ފުއްޕާމޭގައި ދޮސްލައި، ދުޅަވެ ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި, ކުޅުމުގެ ތެރޭގައި ވެސް އަނގަޔަށް އެއްޗެހި ނުލާން ޑޮކްޓަރު ވަނީ ހަނދާންކޮށް ދެއްވާފައެވެ.

”އަނގަތެރެއަށާއި ދެ ތުންފަތް މައްޗަށް މިކަހަލަ އެއްޗެހި ލައިގެން އުޅުމަކީ ނުރައްކާތެރި ކަމެއް.“ ޑޮކްޓަރު ވިދާޅުވި އެވެ.

އެ އެތިކޮޅުގެ ދިގު މިނުގައި ތިން ސެންޓިމީޓަރު ހުއްޓެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ސާޖަރީކުރުމަށް އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޓީމަށް، ހޭނައްތާ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާ އަދި އޯޓީ ސްޓާފުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top