ގޮއިދޫ މޮނިޓަރިން އަށް!

DSCN4233.jpg

ބ.ގޮއިދޫ

ބ.ގޮއިދޫން ކޮވިޑަށް ފައްސިވި މީހަކު ފެނިގެން އެރަށް މޮނިޓަރިން ހާލަތަށް ގެނެސް ރަށް ބަންދު ކޮށްފިއެވެ.

ގޮައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި އެރަށް މޮނިޓަރިން އަށް ލާފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދެއްކި މީހަކު ފައްްސި ވުމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއާއި ކޮންޓެކްޓްވި ބަޔަކުވެސް ވަނީ ފައްސިވެފަ އެވެ. އެގޮތުން މިހާތަނަށް އެރަށުން ހަތް މީހަކު ފައްސިވެފައި ވާކަމަށާއި އޭގެ ތެރެެއިން ދެ މީހަކު ފައްސިވީ މިއަދު ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.

މީހުންގެ އިތުރުން އެކޭސް ތަކާ ގުޅުންހުރި 60 އަށް ވުރެ ގިނަ މީހުން ފާހަގަކުރެވި ވަނީ ކަރަންޓީނު ކޮށްފައެވެ.

އަތޮޅުތެރޭގައި ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އައިކަމަށް ވިޔަސް އަދިވެސް ކޮންމެ ދުވަހަކު ވެސް އާ ކޭސްތަކެއް ފެންނަކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މިއަދު އެކަނިވެސް މިހާތަނަށް ތިން ރަށަކުން ކޮވިޑްގެ ފައްސި ކޭސްތަކެއް ފެނިގެން އެރަށްރަށް ވަނީމޮނިޓަރިންގ ހާލަތަށް ގެނެސް ބަންދު ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top