ކިހާދޫއަތުން ބޮޑު މޮޅެއް ހޯދައި އޭދަފުށި އެއްވަނައަށް

DSCN2642.jpg

އޭދަފުށީ ފުޓްބޯޅަ ޓީމް

ބ.އަތޮޅުގެ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އޭދަފުށީގައި ބާއްވަމުން އަންނަ ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު އޭދަފުށްޓާއި ކިހާދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 4-0ން އޭދަފުށި މޮޅުވެގެންނެވެ.

މިމޮޅާއެކު އޭދަފުށި ވަނީ ގްރޫޕްއޭގައި 3 ޕޮއިންޓާއެކު އެއްވަނައިގައި ހަމަޖެހިލައިފައެވެ. ކިހާދުއަށް ޕޮއިންޓެއް ނުލިބި ދެވަނާގައި އޮތްއިރު ދެޓީމްވެސް އަދި ގްރޫޕްސްޓޭޖްގައި ބުދަދުވަހު މެޗެއް ކުޅޭނެއެވެ.

މިއަދުގެމެޗުގައި އޭދަފުށިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދީފައިވަނީ އަލީފާސިރު (ސެންޓޭ) އާއި ހުސެން ޝިހުބާން (ބައްޓޭ ) ގެ އިތުރުން ހަމްޒާ މުހައްމަދު އެވެ.

މިއަދުގެ މެޗަކީ ބަލާލަން ރީތި ހިތްގައިމު ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔަ މެޗެކެވެ.

ކިހާދޫ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވިނަމަވެސް އެޓީމް ދެއްކި ކުޅުމަށް ސާބަސް ދޭން ޖެހެއެވެ.

dscn2680

ބ.އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، ފެންވަރު ރަނގަޅުކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްދާ މި މުބާރާތުގައި މާދަމާ ގުރޫޕް ބީގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ބައްދަލުކުރާނީ ގޮއިދޫއާއި ކުޑަރިކިލެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 15:50 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top