ހުސެން އާއި އާސިފްގެ މޮޅު ކުޅުމާއެކު، ބެޑްމިންޓަން ލީގު ތައުލީމީ މަރުކަޒުން ކާމިޔާބުކޮށްފި

20525342_10155561167424813_4376080018225592603_n.jpg

ބެޑްމިންޓަން ލީގު ޗެންޕިއަން ޓީމްގެ ތަށި ތައުލީމީ މަރުކަޒުގެ ހުސައިން މުހައްމަދާ ހަވާލުކުރަނީ / ފޮޓޯ: ބ. އަތޮޅު ކައުންސިލް

މިނިވަން ދުވަހާ ގުޅިގެން ބ. އަތޮޅު ކައުންސިލުން އޭދަފުށީގައި ކުރިޔަށްގެންދިޔަ އިންޓަ އޮފީސް ބެޑްމިންޓަން ލީގު 2017 ބ. އަތޮޅު ކައުންސިލް ބަލިކޮށް، ބ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބުކޮށްފިއެވެ.

އޭދަފުށީ ޔޫތު ސެންޓަރުގައި ރޭ ކުޅުނު ފައިނަލް މެޗް ބ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބުކުރީ 4-1 ސެޓުންނެވެ. 7 ސެޓް ކުޅެން ހަމަޖެހިފައި އޮތް މެޗް ހަތްސެޓަށް ނުދަނީސް ނިންމާލީ މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ ހަތަރު ސެޓް ތައުލީމީމ މަރުކަޒުން ހޯދުމާގުޅިގެންނެވެ.

ރޭގެ މެޗްގައި ތައުލީމީ މަރުކަޒުގެ ތަރިއަކަށްވީ ރާއްޖޭގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޜަންގެ ސިންގަލްސް ޗެންޕިއަން ހުސައިން މުހައްމަދާއި، ކުރީގެ ދެވަނަ ޑިވިޜަންގެ ޗެންޕިއަންއެއްކަމަށްވާ އާސިފް އާދަމް މަނިކެވެ. މިދެކުޅުންތެރިންގެ އާދަޔާހިލާފު ވަރުގަދަ ޝޮޓްތަކުގެ ކުރިމަތީގައި އަތޮޅު ކައުންސިލް ޖެހުނީ ރެކެޓު ތިރިކުރާށެވެ.

ފައިނަލް މެޗްގެ ފަސް ސެޓުގެ ތެރެއިން ފިރިހެން ސިންގަލްސް 2 ސެޓް އާސިފާއި، ހުސެން ތައުލީމީ މަރުކަޒަށް ކާމިޔާބުކޮށްދިން އިރު، ފިރިހެން ޑަބަލްސް އާއި، މިކްސް ޑަބަލް 2 މެޗްވެސް ތައުލީމީ މަރުކަޒުން ކާމިޔާބު ކުރީ މިދެކުޅުންތެރިންގެ އާދަޔާ ހިލާފު ކުޅުމާއެކުއެވެ. އަތޮޅު ކައުންސިލަށް ހަމައެކަނި ކާމިޔާބު ކުރެވުނީ އަންހެން ޑަބަލްސް މެޗް އެކަންޏެވެ.

އޮފީހުގައި ހިމެނޭ މުވައްޒަފުންގެ އިތުރުން 2 ފިރިހެން އަދި 1 އަންހެން ކުޅުންތެރިން ބޭރުތެރެއިން ހިމެނޭގޮތަށް ކުރިޔަށް ގެންދިޔަ ލީގުގެ ފިރިހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތައުލީމީ މަރުކަޒުގައި ފިރިހެން ބައިގައި އޮފީހުން ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ހިމެނުނު ކުރީގެ ގައުމީ ޗެންޕިއަން އާސިފް އާދަމް މަނިކެވެ. އަންހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބ. އަތޮޅު ކައުންސިލްގެ ރާނީ އަހްމަދު ނާޝިދެވެ. އޭނާއަކީވެސް އޮފީހުން ބޭރުން ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

މުބާރާތުގެ މޮޅު ދެކުޅުންތެރިންނަށް ހޮވުނު އާސިފް އަދި ރާނީ / ފޮޓޯ: އަތޮޅު ކައުންސިލް

މުބާރާތުގެ ޝަރަފްވެރި މަގާމްތަކަށް އިނާމާ ޓްރޮފީ އަދި މެޑަލް ހަވާލުކޮށްދެއްވީ ބ. އަތޮޅު ހޮސްޕިޓަލްގެ ހެޑް ސިދުގީ އަބްދުﷲ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top