ކައުންސިލާ، ޖަމްއިއްޔާތައް ގުޅިގެން މިއަހަރު އޭދަފުށީގައި އީދު ފޯރިގަދަކޮށްލަން ނިންމައިފި

66637182_1850840235018774_5897909456632545280_o.jpg

ބ. އޭދަފުށީ ކައުންސިލާއި، އޭދަފުށީގައި އުފެދިފައިހުރި ޖަމްއިއްޔާތަކާއި ގުޅިގެން މިއަހަރުގެ އަޟްހާ އީދު އޭދަފުށީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ އީދު ފޯރީގެ ނަމުގައި މިއަހަރު އީދު ކުލަގަދަގޮތެއްގައި ފާހަގަކުރަން ނިންމީ ފަހަކަށް އައިސް އީދުއީދާ ދިމާކޮށް އޭދަފުށީގައި އޮންނަ ކުޅިވަރު ހަރަކާތްތައް ފަނޑުވަމުން އަންނާތީކަމަށެވެ.

ކައުންސިލްގެ ރައީސް ޠަލާލް އަބްދުއްރަހްމާން ވިދާޅުވީ ކުޅިވަރުތަކާއި، އީދުގެ އެހެނިހެން ހަރަކާތްތައް ކުރިޔަށް ގެންދިއުމާބެހޭގޮތުން ޖަމްއިއްޔާތަކާ ގުޅިގެން މަޝްވަރާތައް ކުރެވެމުންއަންނަކަމަށާ، އީދުގައި ރަށުގައި ކުރިޔަށްދާ ހުރިހާ ކުޅިވަރުތަކެއް މިއަހަރު ކުރިޔަށްދާނީ “އީދު ފޯރީ” ގެ ތެރެއިން ކަމަށެވެ.

“އީދުނަމާދުން ފެށޭނީ އީދުދުވަހު ހެނދުނު ބޮޑުޖަމާއަތުގައި. އެއަށްފަހު ކުރިޔަށްދާ ހުރިހާ ހަރަކާތެއް، އަންހެން ފިރިހެން ފުޓްބޯޅަ މުބާރާތްވިޔަސް، މަސްރޭސްވެސް، ސަގާފީ ކުޅިވަރެއްވިޔަސް، ކަލަރ ފެސްޓިވަލްވެސް ހަމަ މި ފޯރީގެ އެޖެންޑާ ތެރެއިން ކުރިޔަށް ގެންދަން ނިންމާފައި މިއޮތީ. ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއެކު 3 ޝޯވެސް އޮންނާނެ” ޠަލާލް ވިދާޅުވިއެވެ.

ޠަލާލް ވިދާޅުވީ އީދުގެ ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ކައުންސިލުން -/40000 ރުފިޔާ ހަރަދުކުރުމަށްވެސް ނިންމާފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top