ޙާއްސަ ފުޓްބޯޅަ މެޗަކަށް ކުރީގެ ފުޓްބޯޅަ ތަރިންގެ ޓީމެއް އޭދަފުއްޓަށް

viber-image.jpg

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ ގްރޫޕް ފޮޓޯއެއް. އަންނަމަހު އެކުވެރިކަމުގެ ބޮޑުމެޗެއް މާލޭގައި ކުޅުމަށް ދަނީ ތައްޔާރުވަމުން / ފޮޓޯ: އަލީ އިމާދު

ފުޓްބޯޅައިގައި ރާއްޖޭގެ ނަންމަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ ޓީމަކާއި، އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް އޭދަފުށީގައި ކުޅުމަށް ހަމަޖެހިއްޖެއެވެ.

އަންނަ އަހަރު މެލޭޝިޔާގައި އޮންނަ ބައިނަލް އަޤްވާމީ ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ އޭދަފުށި ފުޓްބޯޅަ ޓީމްގެ މެނޭޖަރ އަހްމަދު ނާސިރު ބުނީ މިމެޗް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު އޭދަފުށި ރަސްމީ ފުޓްބޯޅަ ދަނޑުގައިކަމަށެވެ. އޭނާ ބުނީ މިފަދަ މެޗެއް ކުޅުމަށް ފުރުސަތު މިލިބުނީ އޭދަފުށީގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިން މިކަމަށް ވަރަށް ބޮޑަށް އެދިއެދި ތިއްބާ ކަމަށެވެ.

“ވަރަށް ބޮޑަށް އަޅުގަނޑުމެން އިންތިޒާރުކުރަމުން އައި ކަމެއްގެ ނިމުން މިއަންނަނީ. މިމެޗާއެކު އޭދަފުށިގެ ފުޓްބޯޅައިގެ ތާރީހްގައި އާބާބެއް ފެށިގެންދާނެ.” ނާސިރު ބުންޏެވެ.

ނާސިރު ބުނީ މިމެޗްގައި އޭދަފުށިގެ ފުޓްބޯޅަ ގަލޮޅު ދަނޑުގައި އެންމެ ވިދުންގަދަ ދުވަސްވަރުގެ ހަނދާންތައް އާވާނެކަމަށާ، އޭރުގެ ވަރަށް ގިނަ ކުޅުންތެރިން ސީދާ ދަނޑުން ފެންނާނެކަމަށެވެ. އަދި އިދިކޮޅު ޓީމްގައި 80 އާއި 90 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ނަން މަޝްހޫރުވި ކުޅުންތެރިން ހިމެނޭނެ ކަމަށާ، މިއީ އޭދަފުށިގެ ރައްޔިތުންނަށް މިއިން ޒަމާނަކުވެސް ނުލިބޭނެފަދަ ފުރުސަތަކަށް ވެގެންދާނެކަމަށެވެ.

“އޭދަފުށީ ފުޓްބޯޅަ ޓީމަށް ބެއްޔަސް ވާހިދު، މަޖީދު، އިމްރާން މެންފަދަ އެތައް ތަރިއެއް ފެންނާނެކަމަށް މިބަލަނީ. ދެން އަނެއްޓީމުގައި ގަރުނުގެ ފުޓްބޯޅަ ޝަހްސިއްޔަތު ކުޑަމޫސަ އާއި، މާއްޓޭ އަދި ކަލީމްމެން ކަހަލަ ކިތަންމެ ކުޅުންތެރިންނެއް ފެންނާނެ. ދެން ހިޔެއްނުވޭ މިކަހަލަ ކަމެއް އޭދަފުށީ ދަނޑުން އޭދަފުށި ރައްޔިތުންނަށް ފެންނާނެހެނެއް ރަނގަޅު ރަހްމަތެއްގައި”

“ވެޓަރަންސް ސީރީސް” ގެނަމުގައި ބާއްވާ މިފުޓްބޯޅަ މެޗް ސްޕޮންސާކޮށްފައިވަނީ “ސަލްސާ” ގެފަރާތުން ކަމަށް ނާސިރު ބުންޏެވެ. އޭނާ ބުނީ ސަލްސާގެ އެހީ ނުލިބުނު ނަމަ މިވަރުގެ މެޗެއް ރާވައި ހިންގުމަކީ ދަތިކަމަކަށް ވާނެކަމަށާ، ސަލްސާއިން މިކަމަށް ބަހައްޓަވާ ޝައުގުވެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ސަލްސާގެ އެހީގައި މިމެޗް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލައިވްކޮށް ބަލާލުމުގެ ފުރުސަތު ހަމަޖެހޭތޯވެސް މަސައްކަތް ކުރަމުންދާކަމަށް ނާސިރު ބުންޏެވެ.

މިދިޔަ އަހަރުން ފެށިގެން މުބާރާތަށް ތައްޔާރުވަމުން އަންނަ އޭދަފުށީ ވެޓަރަންސް ޓީމު މިހާތަނަށް އެކުވެރިކަމުގެ 6 މެޗް ކުޅެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top