ތެލުގެ އަގު ހެޔޮކޮށްފި

sato-petrol-1.jpg

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓީއޯ އިން ހާމަކުރި ގޮތުގައި އެކުންފުނިން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގެންދާނީ ލިޓަރެއް 8.07 ރުފިޔާ އަށެވެ. އަދި ޑީސަލް ލިޓަރެއްގެ އަގަކީ 8.71 ރުފިޔާ އެވެ.

އެސްޓީއޯ އިން ތެލަށް މިގެނައި ބަދަލާއެކު ކުރިން ވިއްކި އަގަށް ވުރެ މިހާރު މިވަނީ ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލިޓަރަކުން 1.53ރ. ހެޔޮ ކޮށްފަ އެވެ.

އެސްޓީއޯ އިން ރާއްޖޭގައި ތެލުގެ އަގު އެންމެ ފަހުން ހެޔޮ ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު ގެނައި ބަދަލުގައި ޑީސަލް ލިޓަރަކުން 0.50ލ. އަދި ޕެޓްރޯލް ލީޓަރަކުން 0.53ލ. ހެޔޮ ކުރި އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ތެލަށް އޮތް ޑިމާންޑް ދަށްވެ، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރުވަނީ 30 ޑޮލަަރަށް ވެއްޓިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top