ރާއްޖޭގެ މުޅި އާބާދީއަށް ވާވަރަށް ވެކްސިން ލިބިއްޖެ

HI677kCOBWdN7zwhFhrL8QMA33XxwK8jMqKr9R6U.jpeg

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް: -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެމުޅި އާބާދީއަށް ވާވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ލިބިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 28ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 321،594 މީހުންނެވެ. އޭގެތެރެއިން 263،067 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ސްޕޯކްޕާސަން ޑރ ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ، މިމަހުގެ 31 ގައި ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ފަށާނެ ކަމަށެވެ. އަދި އެ ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮވިޑް ވެކްސިން ޖެހުމުގެ ގައުމީ ބޮޑު ޙަރަކާތާ ގުޅޭގޮތުން މަބްރޫކް މިއަދު ވިދާޅުވީ ރާއްޖެއަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ވެކްސިންޖެހޭ އާބާދީއަށް ބޭނުންވާވަރަށް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށެވެ. އެހެންކަމުން އެކަކު އަނެކަކަށް ހިތްވަރުދީ، ހުރިހާ އެންމެންވެސް، ވީހާ އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ކުރީގެ ހާލަތަށް ދިޔުމަށް ބާރު އެޅުމަށް މަބްރޫކް އިލްތިމާސް ކުރެއްވި އެވެ.

ކޮވިޑްގެ އެންމެ ފަހުގެ ރާޅުގައި ދުވާލަކު ޕޮޒިޓިވް ރޭޓް ހާހަކަށް އަރައިގެން ދިޔައިރު ބަލީގައި ވަރަށް ގިނަ މީހުން މަރުވި އެވެ. އޭގެތެރެއިން 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top