އުނގެނުމާއިއުނގަންނައިދިނުމުގެމުހިއްމުކަން
ޢިލްމަކީ އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީކޮށް އިންސާނާގެ ދަރަޖަ މަތިވެރިކޮށްދޭ އެއްޗެކެވެ. އިންސާނީ ކުރިއެރުމާއި ތަރައްޤީއަށް ކޮންމެހެން ލާޒިމުއެއްޗެކެވެ. އެހެންކަމަށްވުމާއިއެކު ﷲސުބްޙާނަހޫވަތަޢާލާ އެންމެފުރަތަމަ އިންސާނާ އާދަމުޢަލައިހިއްސަލާމް ހެއްދެވުމަށްފަހު އެކަލޭގެފާނަށް ޢިލްމު އުނގަންނަވާދެއްވިއެވެ. އަދި އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޢިލްމުގެ ސަބަބުން މަލާއިކަތުންނަށްވުރެ އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރައްވާ، އެކަލޭގެފާނުންނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް އަމުރުކުރެއްވިއެވެ.
وَعَلَّمَآَدَمَالْأَسْمَاءَكُلَّهَاثُمَّعَرَضَهُمْعَلَىالْمَلَائِكَةِفَقَالَأَنْبِئُونِيبِأَسْمَاءِهَؤُلَاءِإِنْكُنْتُمْصَادِقِينَ (31) قَالُواسُبْحَانَكَلَاعِلْمَلَنَاإِلَّامَاعَلَّمْتَنَاإِنَّكَأَنْتَالْعَلِيمُالْحَكِيمُ (32( البقرة: ٣١–٣٢
“އަދި آدمގެފާނަށް ހުރިހައިތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައިދެއްވިއެވެ. (އެބަހީ: ނަންކިޔުނުތަކެއްޗާއި އެތަކެތީގެ حقيقةތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكةންނަށް ހުށަހަޅުއްވައި، وحىކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާدعوىގައި) ތެދުވެރިންކަމުގައި ވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبرދީބަލާށެވެ!
އެملائكةން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއްމެނުވީ، އަޅަމެންނަކަށް އެނގުމެއްނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ حكيمވަންތަ ރަސްކަލާނގެއެވެ.
ޢިލްމު އުނގެނުމާއި އުނގަންނާދިނުމަށް އިސްލާމްދީނުގައިވެސް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އެކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވެއެވެ.
އަދިއުނގެނުމާއި އުނގަންނާދިނުމުގައި ކީރިތިޤުރްއާނުގެ މަންހަޖަށް ތަބާވުމަށް އަންގަވާފައިވެއެވެ. އަދިހަމަކަށަވަރުން ކިޔަވައިދިނުމާއި ޢިލްމީބަޙުޘްތަކުގެޛަރީޢާއިން ﷲއަށްއީމާންވުމަށް ކީރިތިޤުރްއާން އިންސާނުންނަށް ގޮވާލައްވައެވެ.
ޤުރުއާނުގައި އެންމެފުރަތަމަ ބާއްވާލެއްވި އާޔަތްތަކަށް ނަޒަރުހިންގާލުމުންވެސް ޢިލްމުއުނގެނުމަށް އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރި އަހައްމިއްޔަތު ހާމަވެގެންދެއެވެ.
اقْرَأْبِاسْمِرَبِّكَالَّذِيخَلَقَ (1) خَلَقَالْإِنْسَانَمِنْعَلَقٍ (2) اقْرَأْوَرَبُّكَالْأَكْرَمُ (3) الَّذِيعَلَّمَبِالْقَلَمِ (4) عَلَّمَالْإِنْسَانَمَالَمْيَعْلَمْ (5) كَلَّاإِنَّالْإِنْسَانَلَيَطْغَى (6) أَنْرَآَهُاسْتَغْنَى (7(العلق: ١–٨
މާނައީ: ” ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އެކަލާނގެއީ )ހުރިހާތަކެއްޗެއް( ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދިކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، قلمން )ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށްފެނުމުންނެވެ. ހަމަކަށަވަރުންް، އެނބުރިދިޔުންވަނީ، ކަލޭގެފާނުގެވެރިރަސްކަލާނގެحضرةއަށެވެ.”
މިއާޔަތްތަކުން ޢިލްމުއުނގެނުމަށް އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރި އަހައްމިއްޔަތު ވަރަށްރަނގަޅަށް ބަޔާންވެއްޖެއެވެ. އަދި އުނގެނެންވީގޮތުގެ މަންހަޖުވެސް މިއާޔަތްތަކުގައި ވަރަށްޞަރީޙަކޮށް އެވަނީ ބަޔާންވެގެންނެވެ.
شَهِدَاللَّهُأَنَّهُلَاإِلَهَإِلَّاهُوَوَالْمَلَائِكَةُوَأُولُوالْعِلْمِقَائِمًابِالْقِسْطِلَاإِلَهَإِلَّاهُوَالْعَزِيزُالْحَكِيمُ (18(آلعمران: ١٨
މާނައީ: ” ހަމަކަށަވަރުން، اللَّه، އެކަލާނގެފިޔަވައި (حقވެގެންއަޅުކަމެއްވެވޭ) إلهއަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكةންނާއި، علمގެأهلވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبيرކުރެއްވުމުގައި) عدلވެރިކަމާއިގެން އެކަލާނގެ قائمވެވޮޑިގެންވެތެވެ. އެކަލާނގެމެނުވީ (حقވެގެންއަޅުކަމެއްވެވޭ) إلهއަކުނުވެތެވެ. (އެކަލާނގެއީ) عزيزވަންތަ،حكيمވަންތަރަސްކަލާނގެއެވެ.”
يَاأَيُّهَاالَّذِينَآَمَنُواأَطِيعُوااللَّهَوَأَطِيعُواالرَّسُولَوَأُولِيالْأَمْرِمِنْكُمْفَإِنْتَنَازَعْتُمْفِيشَيْءٍفَرُدُّوهُإِلَىاللَّهِوَالرَّسُولِإِنْكُنْتُمْتُؤْمِنُونَبِاللَّهِوَالْيَوْمِالْآَخِرِذَلِكَخَيْرٌوَأَحْسَنُتَأْوِيلًا (59(النساء: ٥٩
މާނައީ: ” އޭإيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން،اللَّهއަށްކިޔަމަންވާށެވެ! އަދި، رسولއާއަށާއި، ތިޔަބައިމީހުންގެތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّهއަށާއި، رسولއާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّهއާއި، އެކަލާނގެرسولއާގެ حكمއޮތްގޮތެއްބަލައި އެގޮތަށްعملކުރާށެވެ!) ތިޔަބައިމީހުން، اللَّهއަށާއި، آخرةދުވަހަށް إيمانވާކަމުގައިވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.
يَاأَيُّهَاالَّذِينَآَمَنُواإِذَاقِيلَلَكُمْتَفَسَّحُوافِيالْمَجَالِسِفَافْسَحُوايَفْسَحِاللَّهُلَكُمْوَإِذَاقِيلَانْشُزُوافَانْشُزُوايَرْفَعِاللَّهُالَّذِينَآَمَنُوامِنْكُمْوَالَّذِينَأُوتُواالْعِلْمَدَرَجَاتٍوَاللَّهُبِمَاتَعْمَلُونَخَبِيرٌ (11(المجادلة: ١١
“އޭإيمانވެއްޖެމީސްތަކުންނޭވެ! مجلسތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން اللَّه ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ، ފަހެ،ތިޔަބައިމީހުން (مجلسން) ތެދުވާހުށިކަމެވެ! ތިޔަބައިމީހުންގެ ތެރެއިން إيمانވި މީހުންނާއި، علمލިބިގެންވާ މީހުން اللَّه ދަރަޖަތަކަކަށްއުފުއްލަވާނެތެވެ. اللَّهއީ،ތިޔަބައިމީހުންކުރާކަންތައްމޮޅަށްދެނެވޮޑިގެންވާރަސްކަލާނގެއެވެ.”
އުގަންނައިދިނުމާ ތަރުބިއްޔަތާ މިއީވަކިނުކުރެވޭނެ ދެކަމެވެ. ތަރުބަވީޢިލްމުވެރިން ދެކިލައްވާގޮތުގައި އުގެނުމަކީ އިންސާނައަށް ވަކިމަޢްލޫމާތުތަކަކާއި ޞިފަތަކަކާ، ވަކިހުނަރުތަކެއް ދަސްކޮށްދީ ކުރިއެރުވުމަށްޓަކައި، ވަކިޚާއްޞަބަޔަކު ވަކިޚާއްޞަތަނެއްގައި ކުރެވޭ ޢަމަލީ މަސައްކަތްތަކެކެވެ. ތަރުބިއްޔަތަކީ އެހޯދިމަޢްލޫމާތުތަކުގެ މައްޗަށްބިނާކޮށް، އިންސާނާގެ ހުރިހާކަންކަމެއް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ލިބިފައިވާ މަޢްލޫމާތުތަކުގެ އަލީގައި އިޖްތިމާޢީ ފޭރާން އިސްލާމީ އުސޫލްތަކުގެމަތިން ކުރިއަރުވާ ދެމެހެއްޓުމެވެ.