އޮންލައިންކޮށް މައުލޫމާތު ހޯދޭ ‘މަހޯލި’ ޕޯޓަލް ތައާރަފު ކޮށްފި

l_16528742775vZoQ-1.jpg

'މަހޯލި' ޕޯޓަލް ތައާރަފު ކުރައްވާ އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

އޮންލައިންކޮށް މައުލޫމާތު ހޯދަން ފަސޭހަ ކުރުމަށް ‘މަހޯލި’ ޕޯޓަލް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ތައާރަފްކޮށްފިއެވެ.

މި ޕޯޓަލްމެދުވެރިކޮށް މައުލޫމާތަށް އެދޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް އެދުމުގައި ސަރުކާރުގެ އިދާރާތަކަށް މި ޕޯޓަލް މެދުވެރިކޮށް ހުށައެޅޭއިރު، އިދާރާތަކަށް މައުލޫމާތަށް އެދި ހުށައަޅާ ހުށަހެޅުންތަކަށް ޖަވާބު ދެވޭނެ އިންތިޒާމްވެސް ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން މައުލޫމާތު ނުލިބިއްޖެ ނަމަ އެކަމުގެ ޝަކުވާ ވެސް ކުރެވޭނެ ކަމަށް އާހިދު ވިދާޅުވިއެވެ. އާހިދު ވިދާޅުވީ ލިބޭ މައުލޫމާތާމެދު ހިތްހަމަ ނުޖެހޭ ނަމަ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މުރާޖައާ ކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

މި ޕޯޓަލް ތައާރަފްކުރި އިރު މިނިސްޓްރީތަކާއި، ކައުންސިލްތަކާއި މިނިވަން މުއައްސަސާތައް ހިމެނޭހެން 50 އަށްވުރެ ގިނަ އިދާރާ ހިމަނާފައިވާއިރު ކުރިއަށް އޮތްތަނުގައި އިތުރު އިދާރާތައް އިތުރުވަމުން ދާނެކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top