އޭދަފުށި ރަހަ: އާސިޔަތުގެ ބަދިގެއިން ދޮން އަނބު ރިހަ.

viber_image_2020-05-20_11-39-51.jpg

ބޭނުންވާ ތަކެތި :

5 ދޮން އަނބު

1/4 މޭޒުމަތީ ސަމުސާ ރީނދޫ

2 މޭޒުމަތީ ސަމުސާ ކޮތަނބިރި

1 މޭޒުމަތީ ސަމުސާ ދަވިއްގަނދު

1/2 1 ޖޯޑު ދިރި

1/2 ޖޯޑު ކޮތަނބިރި ހަވާދު

1/2 ޖޯޑު ރެޑްޗިލީ ޕައުޑަރ

1 ގިތެޔޮ މިރުސް

1 ފިޔާ ކޮށާފައި

5 ލޮނުމެދު (ގާނާފައި

1/2 ޖޯޑު ކާށި ހުނި

1/2 އިންޗި އިނގުރު. (ގާނާފައި )

ހިކަނދި ފަތް

5 އިންޗި ހުންނަވަރުގެ ރާނބާފަތްކޮޅެއް

5 ކާފޫރު ތޮޅި

1 އިންޗި ހުންނަ ވަރުގެ ފޮނިތޮށި ކޮޅެއް

1/2 ޖޯޑު ކާށި ކިރު

1 ޖޯޑު ފެން

1/2 ޖޯޑު ވަޅޯމަސް ތުނި ކޮށް ކޮށާފައި

2 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް

ރަހަލާ ވަރަށް ލޮނު ކޮޅެއް

ތައްޔާރު ކުރާ ގޮތް

ދިރި، ދަވިއްގަނދު، ރީނދޫ، ކޮތަނބިރި، ލޮނު އަދި ހުނިކޮޅު ރަނގަޅަށް މޮޑެލާފައި ހަނާކޮށްލާށެވެ. އަދި އެއަށްފަހު ފުނޑާލާށެވެ.

ފިޔާ، ލޮނުމެދު، އިނގުރު، ގިތެޔޮމިރުސް، ހިކަނދިފަތް، ރާނބާފަތް، އަޅައިގެން މީރު ކޮށްލާށެވެ. އޭގެ ތެރެއަށް ފޮނިތޮށި އަދި ކާފޫރު ތޮޅި ވެސް އަޅާލާށެވެ. ފިޔާ މީރުވެ ރަތް ވުމުން އޭގެ ތެރެއަށް ކޮތަނބިރި ހަވާދު އަދި ފުނޑާފައި ހުރި ހަވާދު ކޮޅުވެސް އަޅާލާށެވެ. ފެންކޮޅާ އެކު ވަޅޯމަސް ކޮޅު ވެސް އަޅާލާށެވެ. ރިހައިގެ ތެރެއަށް އަނބުކޮޅު އަޅާލުމަށްފަހު މަތި ޖަހައިގެން މަޑު ގިނީގައި ކައްކާލާށެވެ. އެންމެފަހުންް ކާށިކިރު އަޅާފައި 5 މިނިޓް ވަންދެން ކައްކާލާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top