ކޮވިޑް-19 : ރޯޔަލް އައިލެންޑް ގައި ކަރަންޓީނު ކޮށްފައި ހުރި އިތުރު ދިވެއްސަކު ޕޮޒިޓިވް

Breaking-News-Image-v2-e1574095563266.jpg

އޭދަފުއްޓާ ކައިރީގައި އޮންނަ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ގައި ހުރި ދިވެއްސަކު ކޮވިޑް -19 އަށް ޕޮޒިޓިވް ވެއްޖެއެެވެ.

މިކަން ޔަގީން ކޮށްދެމުން އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގެރޭސިވިލާތުން އެނބުރި އައުމުން ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައި ހުރި ދިވެއްސެއް ކަމަށެވެ.

މީނާ އަކީ މި ބައްޔަށް ރާއްޖެއިން 17 ވަނަ އަށް ޕޮޒިޓިވްވި މީހާއާ އެއް ކޮޓަރީގައި ހުރި މީހެކެވެ. އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދުމަށް ސާމްޕަލް ނެގީ އިއްޔެ ހަވީރު އެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ ތިނަކަށް އަރައިފައެވެ. އަދި މިހާރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ ވެސް ތިން ދިވެހިންނަށެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ތިންް ދިވެހިންނަކީ ވެސް އިނގެރޭސިވިލާތުން އެނބުރި ރާއްޖެއަށް އައި ތިން މީހުންނެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ފުރަތަމަ ދެ ކޭސް އާ ގުޅިގެން 77 މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ.

އެގޮޮތުން ރާއްޖެއިން 16 ވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ ގުޅިގެން 29 މީހަކު ކޮންޓެކްޓް ޓްރޭސްވެފައިވާއިރު، އެ އެންމެންވެސް ތިބީ ގޭގައި ކަރަންޓިންކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަތާރަ ވަނައަށް ޕޮޒިޓިވްވި މީހާއާ 48 މީހަކު ކޮންޓެކްޓް ޓްރޭސްވެފައިވާއިރު، ކަރަންޓީން ފެސިލިޓީތަކުގައި އާއި ގޭގައި ޖުމްލަ ފަސް މީހަކު ކަރަންޓިންކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 867 މީހަކު ތިބި އިރު އައިސޮލޭޝަންގައި 20 މީހަކު އެބަތިއްބެވެ. ސަރުކާރުން ވަނީ ކަރަންޓީނު ކުރާ އެންމެން 14 ދުވަހުގެ މުއްދަތު ފުރިހަމަކުރުމުން، އެމީހުން ދޫކޮށްލުމުގެ ކުރިން ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ނިންމައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top