އަސާސީ މުސާރަ ލިބޭނެކަމުގެ ޔަގީންކަން ހޯދައިގެން ނޫނީ ރިސޯޓުން ނުފޭބުމަށް ”ޓީމް “އިން ގޮވާލައިފި

b_TLvEDkjqadpFwZ1vVm4SRWJ6X.jpg

ބ. އަތޮޅުގެ ރިސޯޓު މުވައްޒަފުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޓީމް

ރިސޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ދަށްކޮށް ނޯ ޕޭއަށް ފޮނުވި ނަމަވެސް ރިސޯޓުން ފައިބައިގެން ނުދިއުމަށާއި އަސާސީ މުސާރަ ލިބޭނެކަމުގެ ޔަގީންކަން ހޯދައިގެން ނޫނީ ރިސޯޓުން ނުދިއުމަށް ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ރިސޯޓުތަކުގެ މުވައްޒަފުންނަށް ގޮވާލައިފިއެވެ.

ޓީމުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމަކީ، ވަޒީފާދޭ ފަރާތްތަކުން މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އައި ހީނަރުކަމާ ގުޅިގެން ގާތްގަނޑަކަށް 11000 ވަރަކަށް މުވައްޒަފުންގެ ވަޒީފާ ގެއްލި އަދި މުސާރަ ދަށްކޮށްފައިވާ ކަމަށް ޓީމުން ބުނެއެވެ. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ޓީމުން ބުނެއެވެ.

ބ.އަތޮޅުގެ ވަށައިގެން 18 އަށްވުރެ ގިނަ ރިސޯޓު ހިންގަމުން ދާއިރު އެރިސޯޓުތަކުގެ އެކި ވަޒީފާތަކުގައި ބ.އަތޮޅުގެ ވަރަށް ގިނަ ޒުވާނުން އުޅެއެވެ. މިގޮތަށް ނޯޕޭ ލީވް އަށް ނުވަތަ މުސާރަދަށްކޮށް ފޮނުވާލުމަކީ އަތޮޅުގެ އެތައް އާއިލާއަކަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއްކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

ކޮވިޑް 19އާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދު ދަށްވެފައިވާ މި ދުވަސްވަރު ރާއްޖެއަށް އަންނަ އިގްތިސާދީ ލޮޅުންތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިގްތިސާދީ ޕެކޭޖެއް އިއުލާނުކޮށްފައެވެ. އެ ޕެކޭޖުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް 350 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ނިންމައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top