ބ.އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުން އެއްވަނަ އޭދަފުށީ ކައުންސިލް

DSC_2389.jpg

ޤުރުއާން ކިޔެވުމުގެ މުބާރާތުން ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ހޮވުުނު ދަރިވަރުން (ފަހަތުގައި) .ފޮޓޯ : އީޓީ

ބ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށް ހުޅުވާލައިގެން ބ. އަތޮޅު ކައުންސިލްގެ ފަރާތުން ބޭއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުން އެއްވަނަ ، އޭދަފުށީ ކައުންސިލް ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ ތުޅާދޫ ކައުންސިލެވެ. ތިންވަނަ ހޯދާފައިވަނީ ކެންދޫ ކައުންސިލެވެ.

ހިތާދޫ، ތުޅާދޫ، ކެންދޫ، ދޮންފަނު، ކިހާދޫ އަދި އޭދަފުށިން 31ކުދިން ބައިވެރިވެފައިވާ މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަންހެން ދަރިވަރަކަށް ހޮވާފައިވަނީ އޭދަފުށީ ކައުންސިލުގެ ސަމާއިލް މުހައްމަދު ނަސީރުއެވެ. ފިރިހެން ދަރިވަރަކަށް ހޮވާފައިވަނީ ކެންދޫ ކައުންސިލުގެ ސަދާން އަބްދުލްހަމީދު އެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ބ. އަތޮޅުން ކުދިން ތައްޔާރު ކުރުމުގެ މަގްސަދުގައި އަތޮޅު ކައުންސިލްގެ ފަރާތުން ބޭއްވި މި މުބާރާތުން ގައުމީ މުބާރާތުގައި ބައިވެރިކުރުމަށް ހޮވާފައިވާ ކުދިންނަކީ ސަމާއިލް މުހައްމަދު ނަސީރު އާއި ސަދާން އަބްދުލްހަމީދުގެ އިތުރުން ހިތާދޫ ކައުންސިލުގެ އައިޝަތު ނަޖްލާ އާއި ނުހާ އިސްހާގު އާއި ތުޅާދޫ ކައުންސިލުގެ އަހްމަދު ނަޒީރު އަދި އޭދަފުށީ ކައުންސިލުގެ އިޔާން އަލީ ވަހީދު އެވެ.

މި މުބާރާތުގެ ފަޑިޔާރުކަން ކޮށްދެއްވާފައިވަނީ އަލްޤާރީ އަލީ ވަހީދު އާއި އަލްޤާރީ އަބްދުލް ޖަލީލު އިސްމާއިލް އާއި އަލްޤާރީ އިބްރާހީމް ޝިފާއު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top