ބޯކޮށް ވާރޭވެހި އޭދަފުށީގައި ފެންބޮޑުވެެއްޖެ

ކކކކކ.jpg

އޭދަފުށީގެ މަގެއްގައި ފެން ބޮޑުވެފައި

މިހާރު މުޅި ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގާ މިއަދު އޭދަފުއްޓަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މިކަމުގެ ސަބަބުން ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގެ ކާނުތައް ބެދިފައިވާތީ އެމަގުތަކުގައިވެސް  ފެންބޮޑުވެ ދުއްވާ އެއްޗިއްސަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވިއެވެ. އެހެންނަމަވެސް އެއްވެސް ގެއަކަށް ފެންވަދެ މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވިއެވެ.

ފާތިހު ވިދާޅުވީ ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގެ ކާނުތައް ބެދުމުގެ ސަބަބުން އެމަގުތަކުގައި ފެންބޮޑުވާތީ އެކަން އެމްޓީސީސީގެ ސަމާލުކަމަށް ގެނެސްފައިވާނޭ ކަމަށެވެ.

”އޭދަފުށީގެ މަގުތަކުގެ މަސައްކަތް ނިންމުމަށް ފަހު އެމްޓީސީސީން އަދި ރަށު ކައުންސިލާއި ހަވާލު ކޮށްފައި ނުވާތީ ދެންނެވީ. އެބޭފުޅުން ވިދާޅުވީ އެހެން ރަށެއްގެ މަސައްކަތް ނިންމުމަށްފަހު އޭދަފުއްޓަށް އަންނާނެ ކަމަށް.“

ފާތިހު ވިދާޅުވީ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު މާދަމާއަކީވެސް ވިއްސާރަ ދުވަހެއްކަމާއި އެހެންކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

”24 ގަޑިއިރު އަޅުގަނޑުމެން މިތިބީ އޮންކޯލު ގައި. ވިއްސާރައިގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އޭދަފުށީ ޕޮލިހަށް ގުޅުއްވުން އެދެން. އެބޭފުޅުންވެސް އެތިއްބެވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ތައްޔާރީ ހާލަތުގައި.“ފާތިހު ވިދާޅުވިއެވެ.

މިއަދު ހެނދުނުން ފެށިގެން އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު މެޓު އޮފީހުން ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ.

ހއ. އަތޮޅުން ފ. އަތޮޅާއި ހަމައަށް ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައި ވަނީ، މިރޭ 19:30އާ ހަމައަށް ބޯކޮށް ވާރާވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑު ގަދަވެފައިވާ އިރު، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top