މިނިމަމް ވޭޖް : 4000އާއި 8000 އާ ދެމެދަށް .

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައަޅާއިރު، މަސައްކަތްތެރިންނަށް ދޭ، މިނިމަމް ވޭޖްގެ ގޮތުގައި ތިން ބޭންޑެއް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މިގޮތުން ހުށައަޅާފައިވަނީ އެންމެ މަތީ ކެޓަގަރީއަށް 8000 ދެން އޮތް ކެޓަގަރީއަށް 6000 އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4000 އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވައި ދެއްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަަތްކުރާ ފަރާތްތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އިތުރަށް ތަފްސީލް ކުރުމަށާއި، އެ ގާނޫނުގައި ބުނާ ވަޒީފާއާ ގުޅޭ އެހެނިހެން ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

މި ބިލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ވަޒީފާ ދިނުމާއި އަދި ބޭނުންވެއްޖެ ހިނދެއްގައި ވަޒީފާއިން މީހުން ވަކިކުރުން ފަދަ ކަންކަން ހަރުދަނާކޮށް، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާ ކުރާ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުންފަދަ ކަންކަމެވެ. އެގޮތުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ވަޒީފާ ދޭ ފަރާތުން އަމަލުކުރާނަމަ، ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި ވަޒީފާއަށް މީހުން ނަގާއިރު، ‘ޕްރޮބޭޝަން ޕީރިއަޑް’ގެ ގޮތުގައި މިހާރު ގާނޫނުގައި އޮންނަނީ 3 މަސްދުވަސް ކަމަށާއި، ނަމަވެސް 6 މަސް ދުވަހަށްވުރެ ދިގު ނުވާގޮތަށް ‘ޕްރޮބޭޝަން ޕީރިއަޑް’ ހަމަޖެއްސުމަށް އިސްލާހު ގައި ވެއެވެ.

ސަރުކާރުން މި ބިލް މަޖިލީހަށް ހުށައަޅާފައިވާ އިރު މިނިމަމް ވޭޖު ބޯޑުން ލަފާ ދީފައިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު، މެއި މަހުގެ އެއްވަނަ ދުވަހު އެވެ. މިނިމަމް ވޭޖެއް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top