ވައްކަރު ރިސޯޓަށް ގިނަ އެވޯޑްތަކެއް

169425-01-Vakkaru-Maldives-1.jpg

ވައްކަރު މޯލްޑިވްސް ރިސޯޓް

ޓޫރިޒަމް ދާއިރާގެ “އޮސްކާ” ގެ ގޮތުގައި ސިފަ ކުރާ ވޯލްޑް ޓްރެވަލް އެވޯޑުގައި ގިނަ އެވޯޑްތަކެއް ބ.އަތޮޅު ވައްކަރުގައި ހިންގާ ވައްކަރު ރިސޯޓަށް ލިބިއްޖެ އެވެ.

އެ ރިސޯޓުން ބުނި ގޮތުގައި ރަޝިއާގައި އެންމެ ފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގެ ހަފުލާގައި އެ ރިސޯޓަށް ގިނަ އެވޯޑު ތަކެއް ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

އެގޮތުން ދުނިޔޭގެ ހަނީމޫން ރިސޯޓުގެ އެވޯޑާއެކު ވައްކަރު މޯލްޑިވްސް އިން ވަނީ މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑުގައި ޝަރަފުވެރި ހަތަރު އެވޯޑެއް ހާސިލް ކޮށްފައެވެ.

ވައްކަރަށް ލިބުނު އެވޯދްތަކުގެ ތެރޭގައި އިންޑިއަން އޯޝަން ލީޑިން ރިސޯޓް 2020، ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2020، މޯލްޑިވްސް ލީޑިން ސުއިޓްވިލާސް 2020 އަދި އިންޑިއަން އޯޝަން ހޮޓެލް ސުއިޓްވިލާސް 2020 އެވޯޑް ވަނީ ލިބިފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގައި މި އަހަރު ރާއްޖެ އަށް ވެސް ގިނަ އެވޯޑު ތަކެއް ލިބިފައިވެއެވެ. އެންމެ ހާއްސަ އެވޯޑަކީ 22 ގައުމަކާ ވާދަކޮށް ލިބުނު “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top