ދުޢާކުރުމުގެ ބަދަލުގައި ގުނޫތުކިޔަން އަންގައިފި

DSC_0282.jpg

 

މިދިޔަ މަހުގެ 29ން ފެށިގެން ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ކުރާ ނަމާދަށްފަހު އިމާމާ އިސްވެހުރެ ކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގަވާފައިވާ ދުޢާގެ ބަދަލުގައި ގުނޫތު ކިއުމަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން އާއްމުކޮށްފައިވާ ވީޑިއޯމެސެޖެއްގައި ގުނޫތު ނާޒިލާ ކިއުމަށް އަންގަވާފައިވަނީ ރާއްޖެއަށާއި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތްތަކުން ސަލާމަތްކުރެއްވުން އެދިއެވެ.

“70 ގާރީން ޝަހީދުކޮށްލުމާ ގުޅިގެން އެކަންކުރި މީހުންނަށް ބަދު ދުޢާ ކުރައްވާފައި އެބަހުރި. އެއީ އެއްމަސްދުވަސް ވަންދެން. ” މެސެޖްގައި އިސްލާމީ މަރުކަޒުގެ އިމާމް ޝައިޚް މުޙައްމަދު ލަތީފު ވިދާޅުވެފައި ވެއެވެ. އަދި މުސްލިމުންނަށް ބިރުވެރިކަމެއް ނާމާންކަމެއް ނުވަތަ ނުރައްކަލެއް އަދި ދަތިކަމެއް އަދާވާތްތެރިންގެ ފަރާތުން ކުރިމަތިވާނަމަ ގުނޫތުލްނާޒިލާ ކިއުމަކީ ސުންނަތެއްކަމާއި، އިސްލާމީ އުންމަތާއި ރާއްޖެވެސް މިއަދު ވަނީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އިސްލާމިކް މިނިސްޓްރީއިން އަންގަވާފައިވާ ގޮތަށް އަމަލުކުރަންޖެހޭނެކަމަށް ލަތީފު ވިިދާޅުވެފައިވެއެވެ.

ލަތީފު އިތުރަށް ވިދާޅުވެފައިވަނީ “މިކަމާދޭތެރޭ ޝައްކާއި ވަހުމު އުފެއްދުމަކީ ކޮށްގެންވާނޭކަމެއް ނޫންކަމާއި ކުރީގައި ދެންނެވިހެން މިއީ ސުންނަތުން ސާބިތުވާކަމެއް ” ކަމުގައެވެ.

މި ވީޑިއޯބަޔާނުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޝައިޚް އިބްރާހީމް އަހްމަދު ވިދާޅުވެފައިވަނީ ދުއާގެ ބަދަލުގައި ސުންނަތުން ސާބިތުވާގޮތަށް ކޮންމެ މަޣްރިބް ނަމާދަކާއި އިޝާނަމާދަކާއި ފަތިސް ނަމާދުގެ ފަހުގައި ގުނޫތު ކިއުމަށް އަންގާފައިވާކަމުގައެވެ. އަދި ވިދާޅުވީ ގުނޫތުކިޔަނީ ލޯންޗްކޮޅުގެ ހާދިސާއާއި ގުޅިގެން ނޫންކަމާ ރާއްޖެއަށް ކުރިމަތިވި އުދައެރުމުގެ ބިރުވެރިކަމާއި އެހެންވެސް ހިތާމަވެރި ހާދިސާތައް ގިނަވެގެންދިއުމަކީވެސް ގުނޫތުކިޔާ ސަބަބެއްކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top