
ކެންދޫއާއެކު އިތުރު ފަސްރަށުގައި ނަރުދަމާގެ ނިޒާމު ޑިޒައިންކުރުމާ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑްއަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ސަން އޮންލައިން
ކެންދޫގެ ނަރުދަމާނިޒާމް ގާއިމްކުރުމަށް ބޭނުންވާ ޑިޒައިންއާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑްއާއި މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު އެންވަޔަރަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރިޔަން ޕްރައްވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރ އިސްމާއީލް އިބްރާހީމް އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ތާރިގު އިބްރާހީމެވެ.
ކެންދޫގެ މި ޕްރްޖެކްޓާއެކު އިތުރު ފަސްރަށެއްގައި ނަރުދަމާ ޑިޒައިން ކުރުމާ ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ރިޔަން އާއި ހަވާލުކޮށްފައިވަނީ ހަމަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 1720359 ރުފިޔާއަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގައި ހިންގާ މިފަދަ މަޝްރޫއުތަކަކީ ރައީސް ޔާމީން ވަރަށް ބޮޑުއިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެއްކަމަށާއި މިމަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމުގައެވެ.