ފެހެންދޫމީހަކު މޫދުގައި މަރުވެފައިއޮއްވާ ފެނިއްޖެ

f9d5d816ec6232dd1fa52046e30d7764.jpg

Fehendhoo Island, Baa Atoll, Maldives

އުމުރުން ދުވަސްވެފައިވާ މީހަކު ބ.ފެހެންދޫގައި މޫދަށް އެރިއުޅެނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީރު ވިދާޅުވިގޮތުގައި އެމީހާމަރުވެފައި އޮތްކަން އޭނާއަށް ރިޕޯޓްކޮށްފައިވަނީ އެރަށުމީހަކަށް އެމީހާ މޫދުތެރެއިން ފެނިގެންނެވެ.

އޭނާ ވިދާޅުވީ އެމީހާ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ޑޮކްޓަރު ޔަގީން ކޮށްދީފައިވާ ކަމުގައެވެ.

އޭދަފުށީގައިހުންނަ ފުލުހުންގެ މަރުކަޒުގެ ޓީމެއް އެކަން ތަހުގީގުކުރުމަށް މިހާރު ފެހެންދޫގައި ހަރަކާތްތެރިވަމުން ދާކަމުގައި ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top