ކުދި ފެންފުޅި އެތެރެކުރުމާއި ވިއްކުން މަނާކުރާ ތާރީޚަށް ބަދަލެއް

400.jpeg

އެއް ލިޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚަށް ބަދަލު ގެނެސްފިއެވެ.

ކުރިން އޮތްގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް ލިޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އުފެއްދުމާއި ރާއްޖެ އެތެރެކުރުން މަނާ ވާނެއެވެ. އަދި އަންނަ މާޗް މަހުން ފެށިގެން އެ ފެން ބާޒާރަށް ނެރުން ވެސް މަނާވާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ރައީސް މުއިއްޒު އިއްޔެ ނެރުނު ގަރާރުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އެ ގަރާރު އެކަށައެޅުމާއި އެކު ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރިން ކަނޑައަޅާފައިވާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކާއި، އެ ތަކެތި ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެ ކުރުމާއި، ބާޒާރަށް ނެރުމަށް ކުރިން ކަނޑަޅާފައި އޮތް ގޮތް ބާތިލްކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ބަދަލު ކުރައްވާ ނެރުނު ލިސްޓުގައި ވާގޮތުން އެއް ލިޓަރުގެ ޕްލާސްޓިކް ފުޅި އެތެރެ ކުރުމާއި އުފެއްދުން ދެން މަނާވާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހެވެ. އަދި އެބާވަތުގެ ފުޅި ބޭނުން ކުރުން މަނާ ވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top