އޭދަފުށި ރަހަ: އާސިޔަތުގެ ބަދިގެއިން ޗޫރޮސް

viber_image_2020-05-12_23-29-42.jpg

ބޭނުންވާ ތަކެތި :

½ ޖޯޑު ދިޔާ ކިރު

½ ޖޯޑު ފެން

45 ގްރާމް ބަޓަރު

1 ޖޯޑު ގޮދަންފުއް

4 ބިސް

ޗުއްރޮސް ގެ މައްޗަށް އެއްކުރުމަށް :

½ ޖޯޑުހަކުރު (2ސައިސާ މުގުރި ފޮނިތޮއްޓާ އެއްކޮށްފައި)

ބަޓަރު، ހަކުރު، މިލްކް އަދި ފެންފޮދު އެއްކޮށްލުމަށްފަހު ކައްކާލާށެވެ. ކެކެން ފެށުމުން އުނދުން ނިއްވާލުމަށް ފަހު މަޑުމަޑުން ފުށްކޮޅު އަޅަމުން ދޭފަތަކުން ހަލަމުން ގެންދާށެވެ. ރަނގަޅަށް އެކުވުމުން ފަހަރަކު ބިހެއް އަޅަމުން ގެންދާށެވެ. ޕައިޕިންގ ބޭގް އަކަށް ނޮޒްލް ލެއްވުމަށްފަހު ތައްޔާރު ކޮށްފައި ހުރި ފުށްގަނޑު ބޭގް ތެރެއަށް އަޅާލާށެވެ. އަދި ހޫނު ތެޔޮ ގަނޑަށް ޕައިޕް ކުރަމުން ގެންދާށެވެ. މަޑު މުށި ކުލަ އަރަންދެން ތެލުލާށެވެ. ތެލުލައި ނިމުމުން ތައްޔާރު ކޮށްފައި ހުރި ފޮނިތޮށި ހަކުރުކޮޅު މައްޗަށް އަޅާލާށެވެ.

ނަޓެއްލާ ނޫވަތަ އެހެންވެސް ޗޮކްލެޓް ކްރީމަކާ އެއްކޮށް ވަރަށް މީރުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top