ބ.އަތޮޅު ތިން ރިސޯޓެއްގެ ސާވިސް ޗާޖް ހާހުން މަތީގައި

579522a_hb_k_001-800x520-800x520-1.jpg

ވައްކަރުގެ ބީޗްވިލާއެއް- ފޮޓޯ ވައްކަރު ރިސޯޓް

ބ.އަތޮޅުގައި ހިންގާ ތިން ރިސޯޓަކުން މިމަހުގެ ސާވިސްޗާޖް 1000 ޑޮލަރުން މަތިން ލިބިފައިވާ ކަމަށް ރިސޯޓު ތަކުގެ ހަބަރުތައް ގެނެސްދޭ ފޭސްބުކް ޕޭޖް، ރިސޯޓް ވޯކާސް ގްރޫޕުން ހާމަ ކޮށްފި އެވެ.

މި ޕޭޖްގައި އާއްމުކުރާ މައުލޫމާތު ތަކަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ދޭ މައުލޫމާތު ތަކެކެވެ.

އެ ޕޭޖުގައިވާ ގޮތުން އެއްހާސް ޑޮލަރުން މަތިން އެންމެ ބޮޑު އަދަދަކުން ސާވިސްޗާޖް ދީފައިވާ ބ. އަތޮޅުރިސޯޓަކީ ފޯސީޒަން ރިސޯޓެވެ. އެރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 1،204 ޑޮލަރު ނުވަތަ 18565 ރުފިޔާ ލިބިފައިވެއެވެ.

ސާވިސް ޗާޖްގެ ގޮތުން ފޯސީޒަން އާއި އެންމެ ގާތުން ވާދަ ކޮށްފައިވަނީ ބ. ވައްކަރުގައި ހިންގާ ވައްކަރު މޯލްޑިވްސް ރިސޯޓެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަކަށް 1175ޑޮލަރު (ގާތްގަނޑަކަށް 18119ރ.) ވަނީ ދީފައެވެ.

އަނަންތަރާ ކިހަވައް މޯލްޑިވްސް އަންނަނީ މި ލިސްޓުން 3ވަނަ އަށެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 1040 ޑޮލަރު ނުވަތަ ސޯޅަހާސް ރުފިޔާ ލިބިފައިވެ އެވެ.

ބ.އަތޮޅުގައި ހިންގާ އިތުރު އެހެން ރިސޯޓެއްގެ ސާވިސްޗާޖް އާ ބެހޭ މައުލޫމާތު މިޕޭޖްގައި ހާމަކޮށްފައެއް ނުވެއެވެ.

ރިސޯޓް ވޯކާސް ޕޭޖްގައި މިމަހު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ މާލެ އަތޮޅުގައި ހިންގާ އިތާފުށި ރިސޯޓުންނެވެ. ގާތްގަނޑަކަކަށް 600 މުވައްޒަފުން މަސައްކަތް ކުރާ އެ ރިސޯޓުގެ ކޮންމެ މުވައްޒަކަށް 1،589 ޑޮލަރު (ގާތްގަނޑަކަށް 24،502ރ.) ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބަހާފަ އެވެ.

ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓް ނަގަން ގާނޫނުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ. މި މަޖުބޫރުކުރި ނަމަވެސް މިކަން އެކަށީގެންވާ ގޮތެއްގައި މޮނީޓަރު ނުކުރާ ކަމަށް ބުނެ ރިސޯޓު މުވައްޒަފުން ޝަކުވާ ކުރެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top