ކޮޗިންއާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުން ބޮޑު ޑިސްކައުންޓެއް

Maldivian-flight.jpg

ދިވެހި ގައުމީ އެއާލައިން ، މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިންއަށާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުން ބޮޑު ޑިއުސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފާއިތުވި މިމަހުގެ ނިޔަލަށެވެ. އެހެންނަމަވެސް މި ޕްރޮމޯޝަންގައި ނަގާ ޓިކެޓުތަކުން އަންނަ މަހުގެ 17 ވަނަ ދުވަގު ނިޔަލަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަންގައި ޓިކެޓް ގަނެގެން ކޮޗިންއަށް ކުރާ ދެކޮޅު ދަތުރުގެ ޓިކެޓެއްގެ އަގަކީ 216 ޑޮލަރު (3،330 ރުފިޔާ)އެވެ. މީގެ ކުރިން މި ސެކްޓަރގެ ދެކޮޅު ދަތުރަކަށް ވިއްކާފައި ޓިކެޓްގެ އަގަކީ 400 ޑޮލަރު (6،168 ރުފިޔާ) އެވެ. އޭގެ އިތުރުން ޕްރޮމޯޝަންގައި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ވަނީ 232 ޑޮލަރު (3,577 ރުފިޔާ) އަށް ތިރި ކޮށްފައެވެ. ޕްރޮމޯޝަންގެ ކުރިން މި ސެކްޓާރގެ ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގަކީ 500 ޑޮލަރު (7،710 ރުފިޔާ) އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން އެހެން ސިޓީތަކަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަންއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ސިޓީގެ އިތުރުރުން މޯލްޑިވިއަންއިން ދެން ދަތުރު ކުރަމުންދަނީ ބަންގލަދޭޝްގެ ޑާކާއަށެވެ.

މި ސިޓީތަކުގެ އިތުރުންވެސް ދުނިޔޭގެ އެހެން މަންޒިލްތަކަށް ދަތުރުތައް ފެށުމަށްޓަކާ އެ އެއަރލައިންއިން ދަނީ އިތުރު އެއާބަސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top