އިންޓަނެޓް އަގު ހެޔޮކުރުމުގެ ވައުދު ފުއްދައިފިން: އަލީ ސޯލިހު

173632405_221342816414766_511602016991056136_n-1536x1023-1.jpg

ސްޓޭތް މިނިސްޓަރު އަލީ ސޯލިހު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ފަދައިން އިންޓަނެޓުގެ އަގު ހެޔޮކުރެވިފައިވާކަމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އަލިސޯލިހު ވިދާޅުވީ، މިއަހަރުގެ ރޯދަ މަސް ފެށުމާ ހަމައަށް 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު މިއަދު 5 ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށެވެ.

“އަޅުގަނޑު ހެޔޮ ބަދަލެކޭ މި ދަންނަވަނީ މިއަދު އަޅުގަނޑުމެންނަށް 5 ރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭ، އަޅުގަނޑުމެން މަސައްކަތް ފެށިއިރުގައި، މިދިޔަ އަހަރާއި ހަމައަށްވެސް، މިއަހަރުގެ މި ރަމަޟާން މަސް ފެށުމުގެ ކުރިންވެސް 33 ރުފިޔާއަށް ޖީބީއެއް ހުރި އެއްޗެއް 5 ރުފިޔާ ބަަޔަށް ލިބޭ ވާހަަކަ މި ދަންނަވަނީ، އަޅުގަނޑުމެން މި ދަންނަވަނީ މޯބައިލް ޑޭޓާ ވާހަކަ، 1000 ރުފިޔާއަށް 30 ލިބެމުންދިޔަ ބަޔަަކަށް، އަޅުގަނޑުމެންނަށް މިއަދު އެބަ ލިބެޔޭ 180 ޖީބީ މާނައަކީ، ފަސް ރުފިޔާ ބަޔަށް ޖީބީއެކޭ”. އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް އިތުރަށް ވިދާޅުވީ “މިތާ އިނދެ ދަންނަވާލަން ކެރޭ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވައުދު ވެސް ފުއްދައިދެވިއްޖެ. އިންޓަނެޓްގެ އަގު ތިރި ކުރެވިއްޖެ. އެހެން ނަމަވެސް އަގާއި އެއްކޮށް ދެން ހުރި ކަންކަން ވެސް ރަނގަޅުކުރާނެ” ކަމަށެވެ.

އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ވައުދަކީ ގިނަ ރައްޔިތުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާ ވައުދެކެވެ. މިހާތަނަށްވެސް އިންޓަނެޓުގެ އަގަށް އެދެވޭ ބަދަލެއް ނާންނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top