”ޓިވެކް“އިން ޖުލައިމަހު ފަށާ ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި

viber_image_2022-01-26_17-08-37-1140x570-80ލކލކx400-pjla7u7hjmucmi31kwutaknihg1v90b15mc2ree6d4.jpg

ބ.ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަނުން ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުން (ޓިވެކް) އަންނަ ޖުލައިމަހު ފަށާ ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ކޯސް ތަކުގެ ތެރޭގައި ހިމެނެނީ ޕެޓްރޯލާއި ޑީސަލް އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން ، އެއާކޮންޑިޝަން ، ރެފްރިޖަރޭޓަރ މަރާމާތު ކުރަން ދަސްކޮށްދޭ ކޯހެކެވެ.

ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ޓިވެކް އިން ހިންގާ މި ކޯސްތައް 17 ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދާއިރު މިއީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ކޯސްތަކެކެވެ.

ޓިވެކްގައި ކުރިއަށްގެންދާ މި ކޯސްތަކަށް އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. މި ކޯސްތަކުންވެސް ޖުމްލަ 50 ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް ޓިވެކުން ބުންޏެވެ.

ޓިވެކްގެ ކިޔެވުން ބޮޑަށް އަމާޒު ކުރަނީ، ރަސްމީ ތައުލީމު ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށެވެ.

މި ސެންޓަރުން ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. 200 ކުދިންގެ ޖާގައިގެ ކެމްޕަހެއްވެސް މި ސެންޓަރުގައި ހުންނައިރު މިކެމްޕަހުގައި ދަރިވަރުންނަށް ކެއުން ވެސް ހަމަޖައްސައިދޭނީ ހިލެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top