ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

087-Ninmun-23-850x548-1.webp

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެވެ.

ކެންޑިޑޭޓުންގެ ނަމްބަރުތައް ކަނޑައަޅާފައިވަނީ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ކެނޑިޑޭޓުންގެ ނަމްބަރުތައް ކަނޑައަޅާފައިވަނީ ތިރީގައިވާ ތަރުތީބުންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 8 ފަރާތަކުން ވަނީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅައިފަ އެވެ. މިއީ 2008 ގެ ފަހުން ރިޔާސީ އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ ފަހަރެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވާ ގޮތް:

ކެންޑިޑޭޓް ނަންބަރު 1- އުމަރު ނަސީރު

ކެންޑިޑޭޓް ނަންބަރު 2- ޙަސަން ޒަމީލު

ކެންޑިޑޭޓް ނަންބަރު 3- ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކެންޑިޑޭޓް ނަންބަރު 4- ޑރ.މުޙައްމަދު މުޢިއްޒު

ކެންޑިޑޭޓް ނަންބަރު 5- ޤާސިމް އިބްރާހީމް

ކެންޑިޑޭޓް ނަންބަރު 6- ފާރިސް މައުމޫން

ކެންޑިޑޭޓް ނަންބަރު 7- އިލްޔާސް ލަބީބް

ކެންޑިޑޭޓު ނަންބަރު 8- މުޙައްމަދު ނާޒިމް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާގުޅޭގޮތުން ޚާއްސަ ރިޕޯޓެއް ހުށަހަޅާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 600 އަށްވުރެ ގިނަ ފޮށި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top