ރައީސް ޔާމީން ޖަލުން ނެރޭނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވައިފި

nasheed.jpeg

ރައީސް ނަޝީދު, ފުވައްމުލަކު ގައި ދަ ޑިމޮކްރެޓްސް ޖަލްސާގައި

ރައީސް އަބްދުﷲ ޔާމިން ޖަލުން ނެރެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށާއި، އިދިކޮޅު ކޯލިޝާނައެކު މަގުމައްޗަށް ވެސް ނުކުންނާނެކަމަށް ދަ ޑިމޮކްރެޓުން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައިނަލް އަގުވާމީ މުޖުތަަމައުގައިވެސް ރައީސް ޔާމިން މިނިވަން ކުރަން ދަ ޑިމޮކްރެޓުން ގޮވާލާނެކަމަށާއި، ބައިނަލްއަގުވާމީ ލޯޔަރުން ވެސް ރާއްޖެގެނެސް ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

”ޕީޕީއެމްގެ ގެ ރައީސް އަބްދުﷲ ޔާމިންއާ މެދު ކަންކުރި ގޮތާއި މެދު އަޅުގަޑުމެން އެންމެން ކަންބޮޑުވޭ. އެމްއެމްޕީއާރުސީ ހިޔާނާތުގައި 273 މީހުން އެބަ ހިމެނޭ. އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން، މަގުމަތީގައިވެސް ތިބޭނަން. ރައީސް ޔާމިން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރަށް ޖެހޭނީ ރައީސް ޔާމިން މިހާރުން މިހާރަށް ދޫކޮށްލަން ކަމަށެވެ. އެހެން ވިދާޅުވެ ނަޝީދު ވަނީ ޔާމިން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

ދެ ވަނަ ބުރެއްގައި ޑިމޮކްރެޓުން އެމްޑީޕީއަށް ވޯޓުލާން ޖެހޭގޮތަކަށް ކަންތައްތައް ޕީޕީއެމުން ނުބޭއްވުމަށް ރައީސް ނަޝީދު ރޭ އެދިވަޑައިގެންނެވި އެވެ.

ރައީސް ނަޝީދުގެ ވާހަކަ ނިންމަވާލަމުން ވެސް، ޑިމޮކްރެޓުން ލައްވާ އެމްޑީޕީއަށް ވޯޓުލާން ފުރުސަތު ނުދޭން ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top