ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމު ގާއިމުކުރުމަށް ބިޑަށް ހުޅުވާލައިފި

b_dTh19XU2dG8ADmJWkseBLfHaU.jpg

އިމާރާތެއްގެ މަތީގައި ސޯލާ ޕެނަލްތަކެއް ހަރުކޮށްފައި.. ފޮޓޯ: ބީއެމްއެލް

ބ.އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމު ގާއިމު ކުރުމަށް ބިޑަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިޔާދަރަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ އިތުރުން ރ.އަތޮޅުގެ 13 ރަށާއެކު ޖުމްލަ 26 ރަށެއްގައި އިޔާދަކުރަނިވި ހަކައިގެ ހައިބްރިޑް ނިޒާމުތަކެއް ޑިޒައިންކޮށް, ސަޕްލައިކޮށް އިންސްޓޯލް ކުރާނެ ބަޔަކު ހޯދަން ބިޑަށް ހުޅުވާލައިފައެވެ.

މިކަމާބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ, ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ)ގެ ފަންޑު ލިބިފައިވާ މި ޕްރޮޖެކްޓުގެ ބިޑިން މަރުހަލާ ދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންއާ އެއްގޮތަށް ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީގައި ރަޖިސްޓަރީ ވާން ޖެހެއެވެ. ރަޖިސްޓަރޭޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަން ޖެހޭނެ އެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 24 ވަނަ ދުވަހެވެ.

އިޔާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުގެ ދަށުން ރަށްރަށުގައި ސޯލާ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ގާއިމުކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top