ފޮރެކްސް ސްކޭމަރުންގެ މަޅީގައި ނުޖެހުމަށް ފުލުހުން އިލްތިމާސް ކޮށްފި

BtL2jRAIXOHcGWBjDEA52YwZvg6281q6hQf6QyZN.webp

ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ގިނަވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މީސް މީޑިއާގައި “ހުދާ ހީފަމް” ނަމުގައި ފޭކް ޕްރޮފައިލްތައް ސޯޝަލް މީޑިއާގައި ފޮރެކްސް ތަޖުރިބާކާރުން ކަމަށް ހެދިގެން އާއްމުންނަށް އޮޅުވާލައިގެން ހިންގާ ބޮޑު ސްކޭމެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ސްކޭމަރުންގެ މަޅީގައި ޖެހޭ މީހުންނަށް އޮޅުވާލައި އިންވެސްޓްމަންޓްގެ ނަމުގައި ފައިސާ އަތުލަމުންދާ ކަމަށާއި އެމީހުން މީސް މީޑިއާ ބޭނުންކޮށްގެން މީހުން “ވާވައްދަމުން” ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ހާމަކުރިގޮތުގައި މި ސްކޭމް ހިންގުމަށް އާންމުކޮށް ހަދާގޮތަކީ، އަސްލު މީހެއްގެ ފޮޓޯ ޕްރޮފައިލްގައި ބޭނުން ކުރަނީއެވެ. މިއީ ސްކޭމް ކުރާ ފަރާތަކީ އަސްލުވެސް އެމީހާ ކަމަށް ދެއްކުމަށްޓަކައެވެ. ގިނަ ފަހަރަށް ޕްރޮފައިލްގައި ފޮޓޯ ބޭނުން ކުރާ ފަރާތައް އެމީހެއްގެ ފޮޓޯ ބޭނުންކޮށް ސްކޭމެއް ހިންގާކަން ވެސް ނޭނގެއެވެ. ސްކޭމްގެ އެކައުންޓުތައް އާންމުކޮށް ހިންގަނީ އިންސްޓަގްރާމް އަދި ފޭސްބުކްގައެވެ.

ސްކޭމްގައި މީހުންނަށް މެސެޖުކޮށް ފޮރެކްސް ޓްރޭޑިންގް އެކައުންޓް މެނޭޖަރެއް ކަމަށް ނުވަތަ އެފަދަ ކަންކަން ކުރާ މީހެއް ކަމަށް ދައުވާ ކުރެއެވެ. އަދި ކުޑަ އެއްޗެއް އިންވެސްޓްކޮށްގެން ބޮޑު ފައިދާއެއް ނެރެވޭ ކަމަށް ބުނެއެވެ. މިކަމުގެ ހެކީގެ ގޮތުގައި ދައްކަނީ، ފޭކް ސްލިޕްތަކާއި ފޭކް ޗެޓްތަކެކެވެ. އަދި މީހުން އޭނާއާއި މެދު ދައްކާފައި ހުންނަ ރަނގަޅު ވާހަކަތައް ވެސް ދައްކައި އޮޅުވާލަން މަސައްކަތް ކުރެއެވެ.

”ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ބުނި ކަމުގައި ވިޔަސް އެންމެ ފަހުން ކުރިމަތިލާން ޖެހެނީ ބޮޑު ގެއްލުމަކާ އެވެ.“ ފުލުހުން ބުނެފައިވެއެވެ.

މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތެއް ނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަށާއި ސްކޭމްތަކަށް ހޭލުންތެރިވެ ނޭނގޭ ފާރަތްތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top