ބ. އަތޮޅުގެ ހުރިހާ ރަށަކަށް، އަތޮޅު ކައުންސިލުން 1.4މިލިޔަން ރުފިޔާ

maldives-islands-aerial-photo-baa-atoll-765x510-1.jpg

ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރަށު ފެންވަރުގެ މަޝްރޫއެއް ނުވަތަ ޕްރޮޖެކްޓެއް ހިންގުމަށް ބ. އަތޮޅު ކައުންސިލުން 1.4 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދީފިއެވެ.

މި އެހީއަކީ ބ. އަތޮޅު ފިހާރައިގެ ކުލީގެ ގޮތުގައި 2022 ވަނަ އަހަރު ލިބުނު 1,439,333/33 ( އެއްމިލިޔަން ހަތަރު ސަތޭކަ އޮނަސާޅިސް ހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ / ތެއްތިރީސް ލާރި ) ރަށު ކައުންސިލުތަކުން ހިންގާ ތަރައްގީގެ މަޝްރޫއަކަށް އެހީތެރިވެ ދިނުމުގެ ގޮތުން، އެއް ހަމައިން ބަހާލުމަށް އަތޮޅު ކައުންސިލުން ނިންމަވާފައިވުމުން ދޭ އެހީއެކެވެ.

އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުން، އެ ރަށަކުން 2023 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޕްރޮގްރާމެއް ނުވަތަ ޕްރޮޖެކްޓެއް ހިންގުމަށް، ޕްރޮޕޯސަލް ތައްޔާރުކޮށް 25 އޮގަސްޓް 2023 ދުވަހުގެ ކުރިން އަތޮޅު ކައުންސިލަށް ހުށަހެޅުމަށް ހުޅުވާލުމުން ހުރިހާ ރަށަކުންވެސް ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ.

އެހެންކަމުން ކޮންމެ ރަށަކަށް 110,717.94 ( އެއްސަތޭކަ ދިހަ ހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ، ސައުރަޔާނަވައި ލާރި) ލިބިގެންދާނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top