ދަރިވަރުންނަށް ގާސިމް ދޫކުރި ހުރިހާ ލޯނެއް މާފު ކޮށްދީފި

big_CNC67pQyy7ChI7RrHRBkGVaaa.jpg

ވިލާ ފައުންޑޭޝަނުން ލޯނު ނަގައިގެން ކިޔަވާފައިވާ ދަރިވަރުންގެ ތެރެއިން ލޯނު ނުދައްކާ ހުރިހާ ދަރިވަރުންގެ ލޯނު މާފު ކޮށްދީފި އެވެ.

ޖޭޕީގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ ހެޑްކުއާޓާސް، މ.ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ގާސިމު ވިދާޅުވީ، އޭނާގެ އަމިއްލަ ޚަރަދުގައި މަތީ ތައުލީމަށް ކިޔަވަން 8،000 ދަރިވަރުންނަށް އެކި އެހީތަކާއި ލޯނުތައް ދީފައިވާ ކަމަށާއި ނަމަވެސް އެ ލޯނުތައް މިހާރު މާފު ކޮށްދީފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި އޭގެތެރެއިން ގިނަ ކުދިންނަކީ އޭނާ ކުރާ ޚަރަދުގެ ވަކި ޕަސަންޓެއް އަނބުރާ ދައްކާ ގޮތަށް ކިޔެވި ކުދިން ކަމަށާއި އެގޮތަށް ކުރި ޚަރަދުގެ ފައިސާ ބިލިއަނެއްހާ ރުފިޔާއާއި ގާތްކުރާނެ ކަމުގައި ވިދާޅުވި އެވެ.

“އެ ހުރިހާ ކުދިންގެ ފައިސާ އަޅުގަނޑު މާފު ކޮށްފިން،” ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ވިލާ ފައުންޑޭޝަނުން އަދި އެމަނިކުފާނުގެ އަތްޕުޅުން ސީދާ ގޮތުން ދަރިވަރުންގެ ކިޔެވުމަށް ދޫކޮށްފައިވާ ލޯނު ފައިސާ އެމަނިކުފާނަށް ކުރިއަށް އޮތް އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިނުގެންނެވި ނަމަވެސް ބޭނުން ނުވާ ކަމަށެވެ.

ގާސިމް ވަނީ ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް މާސްޓާސް ލެވަލް އަށް ކިޔެވުމަށް ބޭނުންވާ ކޮންމެ މީހަކަށް ދައުލަތުގެ ޚަރަދުގައި ކިޔެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ކިޔެވުމަށް ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނު މާފު ކޮށްދިނުމަށްވެސް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.

”މިހާރު ނަގާފައި ހުރި ހުރިހާ ލޯނެއްވެސް މާފު! މާފު! އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިދާރަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އެއްވެސް ދަރިޔަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނަކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ. އެންމެ ލާރިއެއްވެސް،“ ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ގައުމު ތިމާއަށް ކޮށްދޭ ކަމެއް ބެލުމުގެ ބަދަލުގައި ގައުމަށް އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުމަށް ކަމަށެވެ. އެމަނިކުފާނު ކުރައްވާ ކޮންމެ މަސައްކަތެއް ކުރައްވަނީ ގައުމަށް ހެޔޮ އެދިވަޑައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top