ސަލީމް، ޕްރައިމަރީއަކާ ނުލާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރުކޮށްފި

mhqniszd9mzmhpsoz2c3ojeksvac9caphgern3rx-1.jpeg

އެމްޕީ ސަލީމް، މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށި ދާއިރާއަށް ވާދަކުރައްވާ، މިހާރު ވެސް އެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ، ޕްރައިމަރީ އަކާ ނުލާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ކަށަވަރުކޮށްފި އެވެ.

ސަލީމަށް ޓިކެޓް ކަށަވަރުވީ އޭދަފުށި ދާއިރާއަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ.

ސަލީމަކީ ފަހުގެ ތާރީޙުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ގޮޑި ރައްޔިތުންގެ ބޮޑު ތާއީދަކާ އެކު ޖެހިޖެހިގެން ތިން ދައުރު ކާމިޔާބު ކުރައްވާފައިވާ ހަމައެކަނި ކެންޑިޑޭޓެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު، ޕީޕީއެމް /ޕީއެންސީއަށް ކާމިޔާބު ކޮށްދެއްވުމުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ސަލީމް ހިމެނިފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

ހަމައެހެންމެ ސަލީމަކީ މިހާރުވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގެ ވެސް އެންމެ އިސް އެއް ބޭފުޅާއެވެ.

ޕީޕީއެމް/ޕީއެންސީން ބާއްވާ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމާއި އެކީ 350 އަށްވުރެ ގިނަ ކެނޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައެވެ. ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މިމަހު 23 ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top