ޓީޗަރުންނަށް ވާން ބޭނުން ކުދިންނަށް މިއޮތީ ފުރުސަތު

88198852_3565797766780081_6332957839484518400_o.jpg

ޕްރައިމަރީ ޓީޗަރުންނަށް ވާން ބޭނުން ކުދިންނަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެފުރުސަތު ހުޅުވާލައިފި އެވެ.

ޚާއްސަކޮށް އާބާދީ މަދު ރަށްރަށަށް އަމާޒުކޮށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ހަރަދުކުރާގޮތަށް އެޑިއުކޭޝަނުން ވަނީ 15 ސްކޮލަރޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފަ އެވެ.

އެޑިއުކޭޝަނުން ހާމަ ކުރި ގޮތުގައި މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީންކުރާނީ ގައުމީ ޔުނިވަރސިޓީ އިންނެވެ. އަދި މިއީ މި ވަގުތަށް ގައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދެވޭ ހާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ސްކޮލަރޝިޕާއެކު ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްއެއްގެ ގޮތުގައި މަހަކު -/5000 ރުފިޔާއާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސިމެސްޓަރއަކު -/5000 ރުފިޔާއާއި، ސްކޮލަރޝިޕްލިބޭ ފުރަތަމަ މަހު އެސްޓޭބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ ހިމެނެއެވެ.

މީގެ އިތުރުން މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުގެ އެކަމަޑޭޝަންވެސް ގައުމީ ޔުނިވަރސިޓީގެ ދަނާލުން ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ވަނީ ހިމަނާފައެވެ. މީގެ ބޭނުމަކީ މި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމެވެ.

މި ސްކޮލަރޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށް ކަމަށާ މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ހަރަދުކުރާ 15 ސްކޮލަރޝިޕްގެ އިތުރުން ގައުމީ ޔުނިވަރސިޓީއިންވެސް 15 ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top