ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019ގެ ޗެމްޕިއަންކަން ވޮލްވޮސް ސްޕޯޓްސް ކްލަބް ހޯދައިފި

(ބ.ގޮއިދޫން އިބްރާހީމް ނިޔާޒް )  ބ.ގޮއިދޫގައި ކުރިއަށް ދާ، ”ޕަލާސިއޯ ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019″، ގެ ފައިނަލް މެޗްގައި މިއަދު ހަވީރު 4.30 ގައި ޗެލެންޖަރސް ސްޕޯރޓްސް ކްލަބް އަދި ވޮލްވްސް ސްޕޯރޓް ކްލަބް ބައްދަލުކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1–1 އިން ދެޓީމް އެއްވަރު ވުމާގުޅިގެން ޕެނަލްޓީ ޖަހައިގެން 3-1 ގެ ނަތީޖާ އިން ވޮލްވްސް ސްޕޯރޓް ކްލަބް މޮޅުވެ މުބާރާތުގެ ޗެމްޕިއަން ހޯދައިފިއެވެ. 

މެޗް ނިމެން މަދު ސިކުންތުކޮޅަކަށް ވެފައިވަނިކޮށް އޭރިޔާގެ އަރިމަތިން ލިބުނު ހިލޭޖެހުމަކުން ނަތީޖާ އެއްވަރުވުމާ ހަމައަށް ވެސް ޗެލެންޖާރސް އިން މި މެޗް ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް ހައިރާން ކުރުވަނިވި ގޮތަކަށް  މެޗު ކާމިޔާބު ކުރީ ވޮލްވްސް ސްޕޯރޓް ކްލަބެވެ. 

މި މެޗް ނިމެން ކައިރި ވެފައި ވަނިކޮށް ވޮލްވްސް ސްޕޯރޓްސް ކްލަބުގެ މުޙައްމަދު ތިހާމް އަދި ޗެލެންޖާސް ސްޕޯރޓް ކްލަބްގެ އިސްމާޢީލް ޝިޔާދު އަށް ވަނީ ރަތްކާޑު ދައްކާފައެވެ. 

ޗެލެންޖާރސް އިން އަޙްމަދު ނިޒާމް އަދި އިބްރާހީމް އަސްވަދު ޖެހި ދެ ޕެނަލްޓީ ގޯލް ދަނޑިއާ އަމާޒުވެ ނާކާމިޔާބު ވިއިރު ވޮލްވްސް ގެ އިބްރާހީމް ނާފިޒް އަދި އަޙްމަދު ޢިރުފާނުގެ ދެ ޕެނަލްޓީވެސް  ވަނީ ކާމިޔާބުކޮށްފައެވެ. 

މި މެޗުގައި ވޮލްވްސް ސްޕޯޓްސް ކްލަބުން ގޯލްޖެހި ކުޅުންތެރިންނަކީ އިރުފާން މުހައްމަދު 2 ގޯލާއި އިބްރާހީމް ނާފިޒު 1 ގޯލެވެ. ޗެލެންޖާސްއިން ގޯލްޖެހި ކުޅުންތެރިއަކީ އިބްރާހީމް އަސްވަދެވެ.

ފައިނަލް މެޗުގެމޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ  ވޮލްވްސް ސްޕޯރޓްސް ކްލަބުގެ ޝިރުހާން ޢަލީއެވެ. 

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޗެލެންޖާސް ސްޕޯރޓް ކްލަބްގެ އިބްރާހީމް އަސްވަދު، ޗެލެންޖާސް ސްޕޯރޓް ކްލަބްގެ މުޙައްމަދު ރީޙާން، ވޮލްވްސް ސްޕޯރޓްސް ކްލަބުގެ އިރުފާން މުޙައްމަދު، ވޮލްވްސް ސްޕޯރޓްސް ކްލަބުގެ ޝިރުހާން ޢަލީ، ވޮލްވްސް ސްޕޯރޓްސް ކްލަބުގެ އިބްރާހީމް ނާފިޒްއެވެ. 

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ފުޅަދޫ ފުޓްބޯޅަ ކްލަބްގެ އިބްރާހީމް ރިފާޒް އަށެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ބީއެފް ޔުނައިޓެޑްގެ އަޙްމަދު ތަޙްސީން އެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފުޅަދޫ ފުޓްބޯޅަ ކްލަބެވެ. 

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރއަޕްސް ޓީމަށް ފައިސާގެ އިނާމާއި، މެޑަލް އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާން ބ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އަފްރާޙް އެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top