ދިރާގު މޯބައިލް އިންޓަނެޓް ޕެކެޖްތަކަށް ބަދަލު ގެނެސްފި

Media-Visual-pdvhawgj0anjtrcha5kekmf7z8pp3oojreaooapzzk.png

ދިރާގުގެ މޮބައިލް އިންޓަނެޓް ޕެކޭޖްތައް އިތުރު ޑޭޓާއާ އެކު މިއަދު އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މި ޕެކޭޖްތައް ކަނޑައެޅީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ހުއްދަ ލިބިގެން ކަމަށެވެ.

މި ބަދަލާ އެކު ދިރާގުގެ “އަމިއްލަ” ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 ޕަސެންޓާ ހަމައަށް އިތުރު އެލަވަންސް ލިބޭނެ އެވެ. އަދި ޑޭޓާގެ އަގު 22 ޕަސެންޓާ ހަމައަށް ހެޔޮ ވާނެ އެވެ.

ހަމަ އެއާއެކު ޕްރީޕެއިޑް “ކޮމްބޯ” ޕްލޭންތަކަށް 36 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ އެވެ. އަދި “ކޮމްބޯ” ޕްލޭންގެ ޑޭޓާގެ އަގު 33 ޕަސެންޓާ ހަމައަށް ހެޔޮވާނެ އެވެ. އެލްޓީއީ ބްރޯޑްބޭންޑް “ވަގުތުން ގެއަށް އިންޓަނެޓް” ޕެކޭޖްތަކަށް 30 ޕަސެންޓާ އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭ އިރު އިންޓަނެޓްގެ ސްޕީޑް 10 އެމްބީޕީއެސް އިން 25 އެމްބީޕީއެސް އާ ހަމައަށް އިތުރު ވާނެ އެވެ.

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭ ޕްލޭނެކެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ “ވެލިއު ޕެކްސް” އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ނެގޭނެ އެވެ.

މޮބައިލް އިންޓަނެޓް ޕެކޭޖްތަކަށް މި އަންނަ ބަދަލުތައް މިރެއިން ކަސްޓަމަރުންނަށް ލިބެން ފަށާނެއެވެ. އަދި މާދަމާ ހެނދުނު 6:00 އަށް ކަސްޓަމަރުންނަށް މި ބަދަލުތައް ފެންނާނެކަމަށް ދިރާގުން ބުންޏެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top